بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ أَلَمْ نَشْرَحْ لَكَ صَدْرَكَ ۞ 1
ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟
8 Ayahs · Uthmani Arabic
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ أَلَمْ نَشْرَحْ لَكَ صَدْرَكَ ۞ 1
ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟
وَوَضَعْنَا عَنكَ وِزْرَكَ ۞ 2
އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ.
ٱلَّذِىٓ أَنقَضَ ظَهْرَكَ ۞ 3
އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.
وَرَفَعْنَا لَكَ ذِكْرَكَ ۞ 4
އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.
فَإِنَّ مَعَ ٱلْعُسْرِ يُسْرًا ۞ 5
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
إِنَّ مَعَ ٱلْعُسْرِ يُسْرًا ۞ 6
ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
فَإِذَا فَرَغْتَ فَٱنصَبْ ۞ 7
ފަހެ، ކަލޭގެފާނު (ދީނަށް ގޮވައިލެއްވުމުގެ މަސައްކަތުން) އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު (އަޅުކަން ކުރެއްވުމުގައި) ވަރުބަލިވެ ވަޑައިގަންނަވާށެވެ!
وَإِلَىٰ رَبِّكَ فَٱرْغَب ۞ 8
އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!