AFIRIN Learn • Practice • Succeed
QURAN READER · 90 OF 114

Al-Balad

20 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ ۞ 1

ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ.

وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ ۞ 2

ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ.

وَوَالِدٍ وَمَا وَلَدَ ۞ 3

އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: އާދަމުގެފާނާއި އާދަމުގެ ދަރިންނެވެ.)

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ ۞ 4

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.

أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ۞ 5

އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟

يَقُولُ أَهْلَكْتُ مَالًا لُّبَدًا ۞ 6

އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން ޚަރަދު ކޮށް ނެތިކޮށްފީމެވެ.

أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ ۞ 7

އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟

أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ۞ 8

ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟

وَلِسَانًا وَشَفَتَيْنِ ۞ 9

ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟

وَهَدَيْنَٰهُ ٱلنَّجْدَيْنِ ۞ 10

އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.

فَلَا ٱقْتَحَمَ ٱلْعَقَبَةَ ۞ 11

ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟

وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ ۞ 12

ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

فَكُّ رَقَبَةٍ ۞ 13

(އެއީ) އަޅަކު މިނިވަންކުރުމެވެ.

أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ ۞ 14

ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.

يَتِيمًا ذَا مَقْرَبَةٍ ۞ 15

ގާތްތިމާގެ ޔަތީމަކަށެވެ.

أَوْ مِسْكِينًا ذَا مَتْرَبَةٍ ۞ 16

ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ ۞ 17

ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙްމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.

أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ ۞ 18

ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.

وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ ۞ 19

އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ.

عَلَيْهِمْ نَارٌ مُّؤْصَدَةٌۢ ۞ 20

އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.