بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلْمُرْسَلَٰتِ عُرْفًا ۞ 1
ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،
50 Ayahs · Uthmani Arabic
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلْمُرْسَلَٰتِ عُرْفًا ۞ 1
ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،
فَٱلْعَٰصِفَٰتِ عَصْفًا ۞ 2
އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،
وَٱلنَّٰشِرَٰتِ نَشْرًا ۞ 3
އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،
فَٱلْفَٰرِقَٰتِ فَرْقًا ۞ 4
ޙައްޤާއި ބާޠިލު ވަކިކުރާ (ޤުރްއާނުގެ) އާޔަތްތަކާއި،
فَٱلْمُلْقِيَٰتِ ذِكْرًا ۞ 5
އަދި ހަނދުމަކޮށްދޭ އާޔަތްތައް (ރަސޫލުންނަށް) ގެނެސްދެއްވާ މަލާއިކަތުން ގަންދެއްވަމެވެ.
عُذْرًا أَوْ نُذْرًا ۞ 6
ޢުޛުރު ނެތިކުރެއްވުމަށާއި، އިންޛާރު ކުރެއްވުމަށެވެ.
إِنَّمَا تُوعَدُونَ لَوَٰقِعٌ ۞ 7
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.
فَإِذَا ٱلنُّجُومُ طُمِسَتْ ۞ 8
ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.
وَإِذَا ٱلسَّمَآءُ فُرِجَتْ ۞ 9
އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.
وَإِذَا ٱلْجِبَالُ نُسِفَتْ ۞ 10
އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.
وَإِذَا ٱلرُّسُلُ أُقِّتَتْ ۞ 11
އަދި ރަސޫލުން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.
لِأَىِّ يَوْمٍ أُجِّلَتْ ۞ 12
އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟
لِيَوْمِ ٱلْفَصْلِ ۞ 13
ނިޔާކުރައްވާ ދުވަހަށެވެ.
وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ ۞ 14
އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 15
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
أَلَمْ نُهْلِكِ ٱلْأَوَّلِينَ ۞ 16
ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟
ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ ۞ 17
ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.
كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ ۞ 18
ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 19
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ ۞ 20
ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟
فَجَعَلْنَٰهُ فِى قَرَارٍ مَّكِينٍ ۞ 21
ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: ރަޙިމުގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.
إِلَىٰ قَدَرٍ مَّعْلُومٍ ۞ 22
އެނގިގެންވާ މުއްދަތަކަށެވެ.
فَقَدَرْنَا فَنِعْمَ ٱلْقَٰدِرُونَ ۞ 23
ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 24
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا ۞ 25
ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
أَحْيَآءً وَأَمْوَٰتًا ۞ 26
ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
وَجَعَلْنَا فِيهَا رَوَٰسِىَ شَٰمِخَٰتٍ وَأَسْقَيْنَٰكُم مَّآءً فُرَاتًا ۞ 27
އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 28
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ۞ 29
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!
ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ ۞ 30
ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!
لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ ۞ 31
(އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.
إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ ۞ 32
ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.
كَأَنَّهُۥ جِمَٰلَتٌ صُفْرٌ ۞ 33
އެ ކަނިތައް، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 34
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
هَٰذَا يَوْمُ لَا يَنطِقُونَ ۞ 35
މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ ۞ 36
އަދި އެއުރެން ޢުޛުރު ދެއްކުމަކަށް، އެއުރެންނަކަށް އިޛުނައެއް ނުމެދެއްވާނޭމެއެވެ.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 37
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
هَٰذَا يَوْمُ ٱلْفَصْلِ جَمَعْنَٰكُمْ وَٱلْأَوَّلِينَ ۞ 38
(ވަޙީ ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ ۞ 39
ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ ޙީލަތެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްކަލާނގެއާމެދު ތިޔަބައިމީހުން ޙީލަތް ހަދައިބަލާށެވެ!
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 40
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
إِنَّ ٱلْمُتَّقِينَ فِى ظِلَٰلٍ وَعُيُونٍ ۞ 41
ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ ނިޢުމަތުގައެވެ.
وَفَوَٰكِهَ مِمَّا يَشْتَهُونَ ۞ 42
އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ ۞ 43
(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ۞ 44
އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 45
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ ۞ 46
(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 47
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ ۞ 48
ތިޔަބައިމީހުން (ނަމާދުކޮށް) ރުކޫޢު ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ރުކޫޢު ކޮށެއް ނޫޅެތެވެ.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۞ 49
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.
فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ ۞ 50
ފަހެ، އެ ޤުރްއާނަށްފަހު، އެއުރެން އީމާން ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟