بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ ۞ 1
އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.
لِّلْكَٰفِرِينَ لَيْسَ لَهُۥ دَافِعٌ ۞ 2
އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ ۞ 3
އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.
تَعْرُجُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ ۞ 4
ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި، ޖިބްރީލުގެފާނު، އެކަލާނގެ ޙަޟްރަތަށް އަރާވަޑައިގަންނަވާނެތެވެ.
فَٱصْبِرْ صَبْرًا جَمِيلًا ۞ 5
ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ!
إِنَّهُمْ يَرَوْنَهُۥ بَعِيدًا ۞ 6
ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ.
وَنَرَىٰهُ قَرِيبًا ۞ 7
އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ ۞ 8
ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ.
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ۞ 9
އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ.
وَلَا يَسْـَٔلُ حَمِيمٌ حَمِيمًا ۞ 10
އަދި، އެދުވަހުން ގާތް ރަޙްމަތްތެރިޔަކު، ރަޙްމަތްތެރިޔަކާމެދު ސުއާލެއް ނުކުރާނެތެވެ.
يُبَصَّرُونَهُمْ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ ۞ 11
އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ.
وَصَٰحِبَتِهِۦ وَأَخِيهِ ۞ 12
އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚު ވެސްމެއެވެ.
وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ ۞ 13
އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ.
وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ ۞ 14
އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ.
كَلَّآ إِنَّهَا لَظَىٰ ۞ 15
ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ.
نَزَّاعَةً لِّلشَّوَىٰ ۞ 16
(އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ ޙާލުގައެވެ.
تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ ۞ 17
ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ.
وَجَمَعَ فَأَوْعَىٰٓ ۞ 18
އަދި މުދާ އެއްކޮށް، ޚަޒާނާ ކުރާ މީހާޔަށްވެސްމެއެވެ.
إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ۞ 19
ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
إِذَا مَسَّهُ ٱلشَّرُّ جَزُوعًا ۞ 20
އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ۞ 21
އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ.
إِلَّا ٱلْمُصَلِّينَ ۞ 22
ނަމާދުކުރާ މީހުން މެނުވީއެވެ.
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ ۞ 23
އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ۞ 24
އަދި، އެއުރެންނީ، ސުއާލު ކޮށް، އެދޭމީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ.
لِّلسَّآئِلِ وَٱلْمَحْرُومِ ۞ 25
އަދި، އެއުރެންނީ، ސުއާލު ކޮށް، އެދޭމީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ.
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ ۞ 26
އަދި، އެއުރެންނީ، ޤިޔާމަތް ދުވަހަށް އީމާންވެ، ތެދުކުރާ މީހުންނެވެ.
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ۞ 27
އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޢަޛާބަށް ބިރުވެތިވާ މީހުންނެވެ.
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ۞ 28
ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ޢަޛާބަކީ (އެކަލާނގެ އަމާން ކަންދެއްވިއްޔާމެނުވީ އެއިން) އަމާން ކަން ލިބިގެންނުވާ ޢަޛާބެކެވެ.
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ۞ 29
އަދި، އެއުރެންނީ، އެއުރެންގެ ފަރުޖުތަކަށް ރައްކާތެރިވާ މީހުންނެވެ.
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ۞ 30
އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ۞ 31
ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ.
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ۞ 32
އަދި، އެއުރެންނީ، އެއުރެންގެ އަމާނަތްތަކަށާއި، އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ.
وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ ۞ 33
އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ.
وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ۞ 34
އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.
أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ ۞ 35
އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.
فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ ۞ 36
ފަހެ، ކާފިރު ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ ۞ 37
ފަހެ، ކާފިރު ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟
أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ ۞ 38
ނިޢުމަތުގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟
كَلَّآ إِنَّا خَلَقْنَٰهُم مِّمَّا يَعْلَمُونَ ۞ 39
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ.
فَلَآ أُقْسِمُ بِرَبِّ ٱلْمَشَٰرِقِ وَٱلْمَغَٰرِبِ إِنَّا لَقَٰدِرُونَ ۞ 40
ފަހެ، މަޝްރިޤުތަކާއި، މަޣްރިބުތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.
عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ ۞ 41
ފަހެ، މަޝްރިޤުތަކާއި، މަޣްރިބުތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ ۞ 42
ފަހެ، އެއުރެންނަށް ވަޢުދު ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ބާޠިލު ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ ۞ 43
(އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ.
خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ ۞ 44
(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ ޙާލު، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް ވަޢުދު ކުރައްވާކަމުގައިވީ ދުވަހެވެ.