AFIRIN Learn • Practice • Succeed
QURAN READER · 56 OF 114

Al-Waqi'ah

96 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا وَقَعَتِ ٱلْوَاقِعَةُ ۞ 1

ޤިޔާމަތް ވެއްޖެހިނދެވެ.

لَيْسَ لِوَقْعَتِهَا كَاذِبَةٌ ۞ 2

އެކަންވާނޭކަމާމެދު އިންކާރު ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ.

خَافِضَةٌ رَّافِعَةٌ ۞ 3

އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.)

إِذَا رُجَّتِ ٱلْأَرْضُ رَجًّا ۞ 4

ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ.

وَبُسَّتِ ٱلْجِبَالُ بَسًّا ۞ 5

އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ.

فَكَانَتْ هَبَآءً مُّنۢبَثًّا ۞ 6

ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.

وَكُنتُمْ أَزْوَٰجًا ثَلَٰثَةً ۞ 7

އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.

فَأَصْحَٰبُ ٱلْمَيْمَنَةِ مَآ أَصْحَٰبُ ٱلْمَيْمَنَةِ ۞ 8

ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟

وَأَصْحَٰبُ ٱلْمَشْـَٔمَةِ مَآ أَصْحَٰبُ ٱلْمَشْـَٔمَةِ ۞ 9

އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟

وَٱلسَّٰبِقُونَ ٱلسَّٰبِقُونَ ۞ 10

އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.

أُو۟لَٰٓئِكَ ٱلْمُقَرَّبُونَ ۞ 11

ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ.

فِى جَنَّٰتِ ٱلنَّعِيمِ ۞ 12

ނިޢުމަތުގެ ސުވަރުގެތަކުގައެވެ.

ثُلَّةٌ مِّنَ ٱلْأَوَّلِينَ ۞ 13

އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.

وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ ۞ 14

އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކާ އަޅައިބަލާއިރު، މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ.

عَلَىٰ سُرُرٍ مَّوْضُونَةٍ ۞ 15

ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ.

مُّتَّكِـِٔينَ عَلَيْهَا مُتَقَٰبِلِينَ ۞ 16

އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ ޙާލުގައެވެ.

يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ ۞ 17

ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ.

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ۞ 18

ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ.

لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ۞ 19

އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.

وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ ۞ 20

އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ.

وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ۞ 21

އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ.

وَحُورٌ عِينٌ ۞ 22

އަދި ކަޅިރަވަ ރީތި، ޙޫރުލްޢީނުން ތިބޭނެއެވެ.

كَأَمْثَٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ ۞ 23

(އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ.

جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ۞ 24

(އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ޖަޒާއެއް ކަމުގައެވެ.

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ۞ 25

ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ.

إِلَّا قِيلًا سَلَٰمًا سَلَٰمًا ۞ 26

އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) ސަލާމް ހުށްޓޭ، ސަލާމް ހުށްޓޭ، ބުނެވޭ އަޑެވެ.

وَأَصْحَٰبُ ٱلْيَمِينِ مَآ أَصْحَٰبُ ٱلْيَمِينِ ۞ 27

ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟

فِى سِدْرٍ مَّخْضُودٍ ۞ 28

(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.

وَطَلْحٍ مَّنضُودٍ ۞ 29

ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.

وَظِلٍّ مَّمْدُودٍ ۞ 30

އަދި ފެތުރިގެންވާ ހިޔަލުގައެވެ.

وَمَآءٍ مَّسْكُوبٍ ۞ 31

އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ.

وَفَٰكِهَةٍ كَثِيرَةٍ ۞ 32

އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.

لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ۞ 33

ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.

وَفُرُشٍ مَّرْفُوعَةٍ ۞ 34

އަދި އުފުލިގެންވާ ދާންތަކެވެ.

إِنَّآ أَنشَأْنَٰهُنَّ إِنشَآءً ۞ 35

ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ.

فَجَعَلْنَٰهُنَّ أَبْكَارًا ۞ 36

ފަހެ، ބިކުރުވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ.

عُرُبًا أَتْرَابًا ۞ 37

ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ.

لِّأَصْحَٰبِ ٱلْيَمِينِ ۞ 38

ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ.

ثُلَّةٌ مِّنَ ٱلْأَوَّلِينَ ۞ 39

އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.

وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ ۞ 40

އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ.

وَأَصْحَٰبُ ٱلشِّمَالِ مَآ أَصْحَٰبُ ٱلشِّمَالِ ۞ 41

ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟

فِى سَمُومٍ وَحَمِيمٍ ۞ 42

(އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.

وَظِلٍّ مِّن يَحْمُومٍ ۞ 43

އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ.

لَّا بَارِدٍ وَلَا كَرِيمٍ ۞ 44

ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ.

إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ ۞ 45

ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.

وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ ۞ 46

އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.

وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ۞ 47

އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟

أَوَءَابَآؤُنَا ٱلْأَوَّلُونَ ۞ 48

އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟

قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ ۞ 49

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.

لَمَجْمُوعُونَ إِلَىٰ مِيقَٰتِ يَوْمٍ مَّعْلُومٍ ۞ 50

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.

ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ ۞ 51

އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ.

لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ ۞ 52

އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ.

فَمَالِـُٔونَ مِنْهَا ٱلْبُطُونَ ۞ 53

ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.

فَشَٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ ۞ 54

ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.

فَشَٰرِبُونَ شُرْبَ ٱلْهِيمِ ۞ 55

ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ.

هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ ۞ 56

ޤިޔާމަތް ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.

نَحْنُ خَلَقْنَٰكُمْ فَلَوْلَا تُصَدِّقُونَ ۞ 57

ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟

أَفَرَءَيْتُم مَّا تُمْنُونَ ۞ 58

ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟

ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ ۞ 59

އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ۞ 60

ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.

عَلَىٰٓ أَن نُّبَدِّلَ أَمْثَٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ ۞ 61

ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.

وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ ۞ 62

ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟

أَفَرَءَيْتُم مَّا تَحْرُثُونَ ۞ 63

ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟

ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ ۞ 64

އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟

لَوْ نَشَآءُ لَجَعَلْنَٰهُ حُطَٰمًا فَظَلْتُمْ تَفَكَّهُونَ ۞ 65

ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން ޙާއިރާން ވެފައި ތިބެއްޖައީހެވެ.

إِنَّا لَمُغْرَمُونَ ۞ 66

(ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ.

بَلْ نَحْنُ مَحْرُومُونَ ۞ 67

އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) މަޙްރޫމު ވެގެންވާ ބަޔަކީމުއެވެ.

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ ۞ 68

ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟

ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ ۞ 69

ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟

لَوْ نَشَآءُ جَعَلْنَٰهُ أُجَاجًا فَلَوْلَا تَشْكُرُونَ ۞ 70

ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން ޝުކުރު ނުކުރަނީ ކީއްވެހެއްޔެވެ؟

أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ ۞ 71

ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟

ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ ۞ 72

އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ ۞ 73

ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް ޤާއިމް ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ ۞ 74

ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!

فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ ۞ 75

ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ ވަޙީ ކުރައްވަމެވެ.

وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ ۞ 76

އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ.

إِنَّهُۥ لَقُرْءَانٌ كَرِيمٌ ۞ 77

ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރްއާން ކަން ކަށަވަރެވެ.

فِى كِتَٰبٍ مَّكْنُونٍ ۞ 78

ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.

لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ ۞ 79

ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.

تَنزِيلٌ مِّن رَّبِّ ٱلْعَٰلَمِينَ ۞ 80

(އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ.

أَفَبِهَٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ ۞ 81

ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި ޤުރްއާނާ މެދުގައި) ހެއްޔެވެ؟

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ ۞ 82

އަދި ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިކަމުގެ މައްޗަށްކުރާ ޝުކުރަކީ (އެ ރިޒްޤު ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ.

فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ ۞ 83

ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ.

وَأَنتُمْ حِينَئِذٍ تَنظُرُونَ ۞ 84

އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.

وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ ۞ 85

އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.

فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ ۞ 86

ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.

تَرْجِعُونَهَآ إِن كُنتُمْ صَٰدِقِينَ ۞ 87

ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.

فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ ۞ 88

ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ ۞ 89

ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ ރިޒްޤާއި، ނިޢުމަތުގެ ސުވަރުގެ ހުށްޓެވެ.

وَأَمَّآ إِن كَانَ مِنْ أَصْحَٰبِ ٱلْيَمِينِ ۞ 90

އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!

فَسَلَٰمٌ لَّكَ مِنْ أَصْحَٰبِ ٱلْيَمِينِ ۞ 91

ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް ސަލާމް ހުށްޓެވެ.

وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ ۞ 92

އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!

فَنُزُلٌ مِّنْ حَمِيمٍ ۞ 93

ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.

وَتَصْلِيَةُ جَحِيمٍ ۞ 94

އަދި ނަރަކަޔަށް ވެއްދެވުމެކެވެ.

إِنَّ هَٰذَا لَهُوَ حَقُّ ٱلْيَقِينِ ۞ 95

ހަމަކަށަވަރުން، މިއީ ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ.

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ ۞ 96

ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!