AFIRIN Learn • Practice • Succeed
QURAN READER · 53 OF 114

An-Najm

62 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلنَّجْمِ إِذَا هَوَىٰ ۞ 1

އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި ވަޙީ ކުރައްވަމެވެ.

مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ ۞ 2

ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ޙައްޤުގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާޠިލު އިޢުތިޤާދެއް ނުކުރައްވައެވެ.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ۞ 3

އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.

إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ۞ 4

އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ.

عَلَّمَهُۥ شَدِيدُ ٱلْقُوَىٰ ۞ 5

ބާރުގަދަ މަލާއިކަތަކު، އެކަލޭގެފާނަށް އެ (ވަޙީ) އުނގަންނައިދެއްވިއެވެ.

ذُو مِرَّةٍ فَٱسْتَوَىٰ ۞ 6

(އެ މަލާއިކަތަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ މަލާއިކަތާ އެކަލޭގެފާނުގެ އަޞްލު ޞޫރައިގައި ޤާއިމް ވެވަޑައިގެން ހުންނެވިއެވެ.

وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ ۞ 7

(އެހިނދު) އެ މަލާއިކަތާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.

ثُمَّ دَنَا فَتَدَلَّىٰ ۞ 8

ދެން އެ މަލާއިކަތާ (ރަސޫލާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ.

فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ۞ 9

އެ އަރިސްވުންވީ، ދެ ޤައުސުގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ.

فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ ۞ 10

ދެން (ﷲ) އެކަލާނގެ އަޅާއަށް ވަޙީ ކުރެއްވި އެއްޗެއް ވަޙީ ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ ވަޙީ ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)

مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ ۞ 11

އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ.

أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ۞ 12

އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟

وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ ۞ 13

ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެންފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ.

عِندَ سِدْرَةِ ٱلْمُنتَهَىٰ ۞ 14

ސިދުރަތުލް މުންތަހާގެ ކައިރިންނެވެ.

عِندَهَا جَنَّةُ ٱلْمَأْوَىٰٓ ۞ 15

އެތާނގެ ކައިރީގައި ޖައްނަތުލްމައުވާ ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެ މަރުކަޒެވެ.)

إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ ۞ 16

ސިދުރަތުލް މުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ.

مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ ۞ 17

އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.

لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ ۞ 18

ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.

أَفَرَءَيْتُمُ ٱللَّٰتَ وَٱلْعُزَّىٰ ۞ 19

ފަހެ، ލާތައާއި، ޢުއްޒާއާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟

وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ ۞ 20

އަދި މަނާތެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ.

أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ ۞ 21

ތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟

تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ ۞ 22

(އެހެންވަނީނަމަ) އެއީ ޙައްޤު މަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ.

إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ ۞ 23

އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް ﷲއެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، ހަވާނަފްސުގެ އެދުންތަކަކަށް މެނުވީ އެއުރެން ތަބަޢަ ވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ.

أَمْ لِلْإِنسَٰنِ مَا تَمَنَّىٰ ۞ 24

އަދި ކިއެއްތަ! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟

فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ ۞ 25

ފަހެ، ދުނިޔެއާއި، އާޚިރަތުގެ ކަންތައް މިލްކުވެ ޚާއްޞަ ވެގެންވަނީ ﷲއަށެވެ.

وَكَم مِّن مَّلَكٍ فِى ٱلسَّمَٰوَٰتِ لَا تُغْنِى شَفَٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ ۞ 26

އަދި ﷲ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އިޛުނަ ދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ ޝަފާޢަތުން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް މަލާއިކަތުން އުޑުތަކުގައި ވޭހެއްޔެވެ؟

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ ۞ 27

ހަމަކަށަވަރުން، އާޚިރަތަށް އީމާން ނުވާމީހުން މަލާއިކަތުންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ.

وَمَا لَهُم بِهِۦ مِنْ عِلْمٍ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۞ 28

އެއުރެންނަށް އެކަމުގެ އެއްވެސް ޢިލްމެއް ލިބިގެންނުވާ ޙާލުގައެވެ. ހީއަކަށް މެނުވީ އެއުރެން ތަބަޢަ ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا ۞ 29

ފަހެ، ތިމަންރަސްކަލާނގެ ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ!

ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ ۞ 30

ޢިލްމުގެ ތެރެއިން އެއުރެންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ.

وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى ۞ 31

އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ ﷲއަށެވެ. އެއީ ނުބައި ޢަމަލުކުޅަމީހުންނަށް އެއުރެންކުޅަ ނުބައި ޢަމަލަށް ޖަޒާދެއްވުމަށެވެ. އަދި ހެޔޮ ޢަމަލުކުޅަމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.

ٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَٰتِكُمْ فَلَا تُزَكُّوٓا۟ أَنفُسَكُمْ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ ۞ 32

އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، ފާޙިޝް ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތާރީފުކޮށް ފަޚުރުވެރިނުވާށެވެ! ތަޤްވާވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.

أَفَرَءَيْتَ ٱلَّذِى تَوَلَّىٰ ۞ 33

އީމާންކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟

وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ ۞ 34

އީމާންކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟

أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ ۞ 35

ފަހެ، އޭނާޔަށް (އެކަން) އެނގުމަށް އޭނާޔަށް ޣައިބުގެ ޢިލްމު ލިބިފައިވަނީ ހެއްޔެވެ؟

أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ۞ 36

އަދި ކީއްހެއްޔެވެ؟ މޫސާގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ ޚަބަރު އޭނާޔަށް ނުލިބެނީހެއްޔެވެ؟

وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ۞ 37

އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، އިބްރާހީމުގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ.

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۞ 38

އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފަޔެއް ނުއުފުލާނެތެވެ.

وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ۞ 39

އަދި އިންސާނާޔަށް އޭނާ ކުޅަ ޢަމަލެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ.

وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ۞ 40

އަދި ހަމަކަށަވަރުން، އޭނާ ކުޅަ ޢަމަލެއް ނިކަންހުރެ އޭނާ ދެކޭނެތެވެ.

ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ۞ 41

ދެން އޭނާ ކުޅަ ޢަމަލަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.

وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ ۞ 42

އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.

وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ ۞ 43

އަދި ހެއްވަވަނީވެސް، އަދި ރޮއްވަވަނީވެސް ހަމައެކަލާނގެއެވެ.

وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا ۞ 44

އަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ.

وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ ۞ 45

އަދި ރަޙިމުގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.

مِن نُّطْفَةٍ إِذَا تُمْنَىٰ ۞ 46

އަދި ރަޙިމުގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.

وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ ۞ 47

އަދި (މަރުވުމަށްފަހު) އަލުން ދިރުއްވުންވަނީވެސް އެކަލާނގެއަށެވެ.

وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ ۞ 48

އަދި މުއްސަނދިކުރައްވަނީވެސް، އަދި ފަޤީރު ކުރައްވަނީވެސް އެކަލާނގެއެވެ.

وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ ۞ 49

އެކަލާނގެއީ، އައްޝިޢުރާއޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ.

وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ ۞ 50

އަދި ކުރީގެ ޢާދު ބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ.

وَثَمُودَا۟ فَمَآ أَبْقَىٰ ۞ 51

އަދި ޘަމޫދު ބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ.

وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ ۞ 52

އަދި އޭގެކުރިން ނޫޙުގެފާނުގެ ޤައުމުގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ.

وَٱلْمُؤْتَفِكَةَ أَهْوَىٰ ۞ 53

އަދި ލޫޠު ބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ.

فَغَشَّىٰهَا مَا غَشَّىٰ ۞ 54

ފަހެ، އެރަށަށް ޖެއްސެވި ޢަޛާބެއް ޖެއްސެވިއެވެ.

فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ ۞ 55

ފަހެ، ތިބާ ޝައްކު ކުރަނީ ތިބާގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟

هَٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ ۞ 56

މިއީ (އެބަހީ: މުޙައްމަދުގެފާނީ) އިސްވެދިޔަ ނަޛީރުންފަދަ ނަޛީރެކެވެ.

أَزِفَتِ ٱلْـَٔازِفَةُ ۞ 57

ޤިޔާމަތް ދުވަސް ގާތްވެއްޖެއެވެ.

لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ۞ 58

ﷲ މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.

أَفَمِنْ هَٰذَا ٱلْحَدِيثِ تَعْجَبُونَ ۞ 59

ފަހެ، ތިޔަބައިމީހުން ޢަޖާއިބު ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރްއާނާމެދުގައި) ހެއްޔެވެ؟

وَتَضْحَكُونَ وَلَا تَبْكُونَ ۞ 60

ފަހެ، ތިޔަބައިމީހުން ޢަޖާއިބު ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރްއާނާމެދުގައި) ހެއްޔެވެ؟

وَأَنتُمْ سَٰمِدُونَ ۞ 61

އަދި ތިޔަބައިމީހުންވަނީ، ބޮޑާވެ ޣާފިލު ވެގެންނެވެ.

فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۞ 62

ފަހެ، ތިޔަބައިމީހުން ﷲއަށް ސަޖިދަ ކުރާށެވެ! (އަދި ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރާށެވެ!