AFIRIN Learn • Practice • Succeed
QURAN READER · 17 OF 114

Al-Isra

111 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ۞ 1

އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

وَءَاتَيْنَا مُوسَى ٱلْكِتَٰبَ وَجَعَلْنَٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًا ۞ 2

އަދި ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިންނަށް ތެދުމަގެއްކަމުގައި އެ ފޮތް ލެއްވީމެވެ. (ވަޙީ ކުރައްވަމުންނެވެ.) ތިމަންރަސްކަލާނގެ ފިޔަވައި (އެހެންފަރާތެއް) ވަކީލެއް ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ!

ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُۥ كَانَ عَبْدًا شَكُورًا ۞ 3

ތިމަންރަސްކަލާނގެ ނޫޙުގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، ޝުކުރުވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ.

وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ۞ 4

އަދި ތިމަންރަސްކަލާނގެ، އިސްރާއީލުގެދަރިންނަށް، ފޮތުގައި (އެބަހީ: ތައުރާތުގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ.

فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَٰلَ ٱلدِّيَارِ وَكَانَ وَعْدًا مَّفْعُولًا ۞ 5

ފަހެ، އެ ދެފަހަރުންކުރެ ފުރަތަމަ ފަހަރުގެ ވަޢުދުފުޅު އައިހިނދު، ގަދަފަދަވެގެންވާ ބާރެއްގެވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެންދިޔައޫއެވެ. އަދި ފުރިހަމަވެގެންވާ ވަޢުދުފުޅެއްކަމުގައި، އެ ވަޢުދުފުޅު ވިއެވެ.

ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَٰكُمْ أَكْثَرَ نَفِيرًا ۞ 6

ދެން އެއުރެންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރިންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.

إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ وَإِنْ أَسَأْتُمْ فَلَهَا فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا ۞ 7

ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ ނަފްސުތަކަށެވެ. ފަހެ، ދެވަނަފަހަރަށް ވަޢުދުފުޅު އައިހިނދު (ތިޔަބައިމީހުންގެ ޢަދާވަތްތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: އަލްމަސްޖިދުލް އަޤްޞާއަށް) ވަނުމަށްޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ.

عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ وَإِنْ عُدتُّمْ عُدْنَا وَجَعَلْنَا جَهَنَّمَ لِلْكَٰفِرِينَ حَصِيرًا ۞ 8

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް (ޢަފޫ ކުރައްވައި) ރަޙްމަތް ލެއްވުން ގާތްވެގެންވެއެވެ. އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ (ޢުޤޫބާތް ދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ. އަދި ކާފިރުންނަށް ހުރަގެއެއް ކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ.

إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا ۞ 9

ހަމަކަށަވަރުން، މި ޤުރްއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ޞާލިޙު ޢަމަލުތައްކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއެވެ.

وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ۞ 10

އަދި ހަމަކަށަވަރުން، އާޚިރަތަށް އީމާން ނުވާމީހުންނަށް، ވޭންދެނިވި ޢަޛާބެއް، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވިކަމުގެ ޚަބަރު ވެސްމެއެވެ.

وَيَدْعُ ٱلْإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ وَكَانَ ٱلْإِنسَٰنُ عَجُولًا ۞ 11

އިންސާނާ، ހެޔޮކަމަށްއެދި ދުޢާ ކުރާ ފަދައިން، ނުބައިކަމަށްވެސް އެދި ދުޢާ ކުރެތެވެ. އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ.

وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ وَكُلَّ شَىْءٍ فَصَّلْنَٰهُ تَفْصِيلًا ۞ 12

ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން ނޫރު ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުން، ފަޟްލުވަންތަކަން އެދި އުޅުމަށްޓަކައެވެ. އަދި އަހަރުތަކުގެ ޢަދަދާއި، ޙިސާބު، ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި ކޮންމެ ކަމެއްމެ ތަފްޞީލު ކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށްދެއްވީމެވެ.

وَكُلَّ إِنسَٰنٍ أَلْزَمْنَٰهُ طَٰٓئِرَهُۥ فِى عُنُقِهِۦ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ۞ 13

އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލު، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ.

ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ۞ 14

(އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަނަފްސު ފުދެއެވެ.

مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ۞ 15

ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ ނަފްސުގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ ނަފްސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ޢަޛާބު ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ.

وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَٰهَا تَدْمِيرًا ۞ 16

އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި ފާސިދު ޢަމަލު ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ޙައްޤު ވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ.

وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًا ۞ 17

ނޫޙުގެފާނަށްފަހު، ކިތައްކިތައް ޖީލުގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިންހެއްޔެވެ؟ އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ ޚަބަރު، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެތެވެ.

مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ۞ 18

ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް، ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެމީހަކަށްޓަކައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، ރަޙްމަތުން ދުރުކުރައްވާފައިވާ ޙާލު، އެ ނަރަކައަށް އެމީހަކު ވަންނާނެތެވެ.

وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ۞ 19

އަދި މުއުމިނަކު ކަމުގައިވާ ޙާލު، އާޚިރަތަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް މަޤްބޫލް ވެވި، ޝުކުރު ލިބިގެންވާ މީހުންނެވެ.

كُلًّا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ۞ 20

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެއުރެންނާއި، އެންމެންނަށް، ތިމަންރަސްކަލާނގެ ދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެތެވެ.

ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ وَلَلْـَٔاخِرَةُ أَكْبَرُ دَرَجَٰتٍ وَأَكْبَرُ تَفْضِيلًا ۞ 21

ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން އާޚިރަތް މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ.

لَّا تَجْعَلْ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا ۞ 22

ﷲއާއެކު އެހެން އިލާހަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ނިކަމެތިވެގެންވާ ޙާލު، ތިބާ އިންނަންޖެހިދާނެތެވެ.

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ۞ 23

އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ۞ 24

އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!

رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ إِن تَكُونُوا۟ صَٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًا ۞ 25

ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުންނީ، ޞާލިޙު ބަޔަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ۞ 26

ގާތްތިމާގެ މީހާއަށް، އޭނާގެ ޙައްޤު ދޭށެވެ! އަދި މިސްކީނަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ!

إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا ۞ 27

ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ.

وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا ۞ 28

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައުމަށް އެދިވަޑައިގަންނަވާ ރަޙްމަތެއްގެ އެދުމުގައި، އެއުރެންނާ ދުރުހެލިވެވަޑައިގަންނަވާނަމަ، ފަހެ، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސް ވިދާޅުވާށެވެ!

وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ۞ 29

ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ ޙާލު، ތިބާ އިންނަން ޖެހިދާނެއެވެ.

إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا ۞ 30

ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.

وَلَا تَقْتُلُوٓا۟ أَوْلَٰدَكُمْ خَشْيَةَ إِمْلَٰقٍ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا ۞ 31

އަދި ފަޤީރު ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ.

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا ۞ 32

އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.

وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَٰنًا فَلَا يُسْرِف فِّى ٱلْقَتْلِ إِنَّهُۥ كَانَ مَنصُورًا ۞ 33

އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލު ކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ.

وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ وَأَوْفُوا۟ بِٱلْعَهْدِ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا ۞ 34

އަދި ޔަތީމު ކުއްޖާ ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާނދެން، ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން އޭނާގެ މުދަލާ ގާތްނުވާށެވެ! އަދި ތިޔަބައިމީހުން، ޢަހުދު ފުއްދާށެވެ! ހަމަކަށަވަރުން، ޢަހުދަކީ (އެއާމެދު) ސުއާލު ކުރައްވާނޭ ކަމެއްކަމުގައި ވިއެވެ.

وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ۞ 35

އަދި ތިޔަބައިމީހުން މިނާހިނދު، މިނުން ހަމަކޮށް ފުރިހަމަކުރާށެވެ! އަދި ސީދާވެގެންވާ ހަމަތިލަފަތުން ކިރާށެވެ! އެގޮތް (ތިޔަބައިމީހުންނަށް) ހެޔޮކަން ބޮޑެވެ. އަދި ނަތީޖާގެގޮތުން ރިވެތިކަން ބޮޑުމެއެވެ.

وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا ۞ 36

އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުއާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ.

وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا ۞ 37

އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.

كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًا ۞ 38

އެ އެންމެހާ ކަންތަކުގެ ތެރެއިން، ނުބައިކަންތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ނުރުއްސަވާ ކަންތައް ކަމުގައިވިއެވެ.

ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ وَلَا تَجْعَلْ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًا مَّدْحُورًا ۞ 39

އެއީ ޙިކުމަތުގެތެރެއިން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ކުރެއްވި ކަންތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި ﷲއާއެކު އެހެން އިލާހަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ރަޙްމަތުން ދުރުކުރައްވާފައިވާ ޙާލު، ޖަހައްނަމައަށް އެއްލައިލައްވާނެތެވެ.

أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَٰٓئِكَةِ إِنَٰثًا إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا ۞ 40

ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް ފިރިހެންދަރިން ޚާއްޞަ ކުރެއްވީހެއްޔެވެ؟ އަދި އެކަލާނގެ، މަލާއިކަތުންގެ ތެރެއިން އަންހެންދަރިން ހިއްޕެވީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ބުނަނީ، ބޮޑުވެގެންވާ ބަހެކެވެ.

وَلَقَدْ صَرَّفْنَا فِى هَٰذَا ٱلْقُرْءَانِ لِيَذَّكَّرُوا۟ وَمَا يَزِيدُهُمْ إِلَّا نُفُورًا ۞ 41

ތިމަންރަސްކަލާނގެ (ވަޢުދާއި، ވަޢީދާއި، މިޘާލާއި، ޙިކަމު ފަދަ) ހުރިހާކަމެއް، މި ޤުރްއާނުގައި ބަޔާންކުރެއްވީމެވެ. އެއީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (އެކަމަކު) އެއިން ނަފުރަތުވެ، ދުރުހެލިވުންމެނުވީ، އެއުރެންނަކަށް އިތުރެއް ނުކުރެތެވެ.

قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌ كَمَا يَقُولُونَ إِذًا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًا ۞ 42

ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ބުނާފަދައިން، އެކަލާނގެއާއެކު އިލާހުންތަކެއް ވާނަމަ، އެހިނދު، ޢަރްޝުގެ ވެރިރަސްކަލާނގެއާ ދެކޮޅަށް މަގެއް ހޯދުމަށް، އެ އިލާހުންތައް އެދުނީސްކަން ކަށަވަރެވެ.

سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا ۞ 43

އެއުރެން ބުނާ ބުނުމުން، އެކަލާނގެ ހުސްޠާހިރު ވެވޮޑިގެންވެއެވެ. އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން، އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ إِنَّهُۥ كَانَ حَلِيمًا غَفُورًا ۞ 44

ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް ތަސްބީޙަ ކިޔަތެވެ. އަދި އެކަލާނގެއަށް ޙަމްދާއެކުގައި، ތަސްބީޙަ ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ ތަސްބީޙައެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަލީމްވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ.

وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ حِجَابًا مَّسْتُورًا ۞ 45

ކަލޭގެފާނު ޤުރްއާން ކިޔަވައިވިދާޅުވާހިނދު، ކަލޭގެފާނާއި، އާޚިރަތް ދުވަހަށް އީމާން ނުވާމީހުންނާ ދެމެދު ނިވައިކުރަނިވި ފަރުދާއެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ.

وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَٰرِهِمْ نُفُورًا ۞ 46

އަދި އެއުރެންނަށް އެ ޤުރްއާން ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް އެއުރެންގެ ހިތްތަކުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި، ބީރުކަމެއް ލެއްވީމެވެ. އަދި ޤުރްއާނުގައި، ހަމައެކަނި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނަންފުޅު ކަލޭގެފާނު ގެންނަވައިފިނަމަ، އެއުރެން ނުރުހުންތެރިވެ، ފުރަގަސްދީ އެނބުރި ހިނގައިދެތެވެ.

نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ۞ 47

އެއުރެން ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޑުއަހާހިނދުގައްޔާއި، އަދި އެއުރެން ސިއްރުސައްލާކުރާހިނދު، އެއުރެން އެ އަޑުއަހާ އެއްޗެއް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަނިޔާވެރިވި މީހުން، އެހިނދު ބުނެތެވެ. ސިޙުރު ޖެހިފައިވާ ފިރިހެނަކަށް މެނުވީ، ތިޔަބައިމީހުން ތަބަޢައެއް ނުވަމުއެވެ.

ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَالَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا ۞ 48

ކަލޭގެފާނާމެދު އެއުރެން މިޘާލު ޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ (އެކަމުގައި) އެއުރެން މަގުފުރެދިއްޖައޫއެވެ. ދެން އެއްވެސް މަގަކަށް، އެއުރެންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ.

وَقَالُوٓا۟ أَءِذَا كُنَّا عِظَٰمًا وَرُفَٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ۞ 49

އެއުރެން ބުނެފޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވޭހެއްޔެވެ؟

قُلْ كُونُوا۟ حِجَارَةً أَوْ حَدِيدًا ۞ 50

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހިލަކަމުގައި، ނުވަތަ ދަގަނޑު ކަމުގައި ވެބަލާށެވެ!

أَوْ خَلْقًا مِّمَّا يَكْبُرُ فِى صُدُورِكُمْ فَسَيَقُولُونَ مَن يُعِيدُنَا قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ قُلْ عَسَىٰٓ أَن يَكُونَ قَرِيبًا ۞ 51

ނުވަތަ ތިޔަބައިމީހުންގެ ހިތްތަކުގައި ބޮޑުކަން ލިބިގެންވާ ތަކެތީގެ ތެރެއިން އެހެންވެސް އެއްޗަކަށް ވެބަލާށެވެ! ފަހެ، އޭރުން އެއުރެން ބުނާނެތެވެ. ތިމަންމެން އަލުން ދިރުމަކަށް އިޢާދަ ކުރާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އިސްވެދިޔަ މިޘާލަކާނުލައި، ފުރަތަމަފަހަރުވެސް ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. ފަހެ، އެއުރެންގެ ބޯތައް ކަލޭގެފާނާ ދިމާޔަށް ހޫރައިލާނެތެވެ. އަދި ބުނާނެތެވެ. އެކަންވަނީ، ކޮންއިރަކުން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ވަރަށްއަވަހަށް އެކަންތައް ވުން ގާތްވެގެންވެތެވެ.

يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًا ۞ 52

އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވާ ދުވަހުއެވެ. ފަހެ، އެކަލާނގެއަށް ޙަމްދާއެކު އެކަލާނގެ އަމުރުފުޅަށް ތިޔަބައިމީހުން އިޖާބަދޭނޫއެވެ. އަދި ދާދިކުޑަހިނދުކޮޅަކަށް މެނުވީ (ދުނިޔޭގައި) ތިޔަބައިމީހުން ލަސްވެ ނުތިބޭކަމުގައި ތިޔަބައިމީހުން ހީކުރާނޫއެވެ.

وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ إِنَّ ٱلشَّيْطَٰنَ يَنزَغُ بَيْنَهُمْ إِنَّ ٱلشَّيْطَٰنَ كَانَ لِلْإِنسَٰنِ عَدُوًّا مُّبِينًا ۞ 53

އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ޝައިޠާނާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، ޝައިޠާނާއީ، އިންސާނާއަށް ފާޅުވެގެންހުރި ޢަދާވަތްތެރިޔަކު ކަމުގައިވިއެވެ.

رَّبُّكُمْ أَعْلَمُ بِكُمْ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ وَمَآ أَرْسَلْنَٰكَ عَلَيْهِمْ وَكِيلًا ۞ 54

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ދެނެވޮޑިގަތުން ބޮޑެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާނެތެވެ. ނުވަތަ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް ޢަޛާބު ދެއްވާނެތެވެ. އަދި އެއުރެންގެ މައްޗަށް ހުންނެވި ވަކީލަކު ކަމުގައި، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.

وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّـۧنَ عَلَىٰ بَعْضٍ وَءَاتَيْنَا دَاوُۥدَ زَبُورًا ۞ 55

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި ދާވޫދުގެފާނަށް ތިމަންރަސްކަލާނގެ ޒަބޫރު ދެއްވީމެވެ.

قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا ۞ 56

ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ ފިޔަވައި، އިލާހުންކަމަށް ތިޔަބައިމީހުން ހީކޮށްގެންއުޅޭ ފަރާތްތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ފަހެ، ތިޔަބައިމީހުންގެ ކިބައިން ދަތިކަމެއް ފިލުވުމެއްވެސް، އަދި ބަދަލުކުރުމެއްވެސް، އެފަރާތްތަކަކަށް މިލްކު ވެގެނެއް ނުވެތެވެ.

أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ۞ 57

އިލާހުންކަމަށް އެއުރެން ގޮވައިއުޅޭ ފަރާތްތައް، އެފަރާތްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގު އެދެތެވެ. އެއުރެންކުރެ އެންމެ ގާތްކަންބޮޑީ، ކާކުތޯބަލައި އެކަމަށް އެދެތެވެ. އަދި އެކަލާނގެ ރަޙްމަތަށް އެދެތެވެ. އަދި އެކަލާނގެ ޢަޛާބަށް ބިރުވެތިވޭމެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަޛާބަކީ، އެއަށް ބިރުވެތިވެވޭކަމެއް ކަމުގައިވިއެވެ.

وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَٰمَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا كَانَ ذَٰلِكَ فِى ٱلْكِتَٰبِ مَسْطُورًا ۞ 58

ތިމަންރަސްކަލާނގެ ޤިޔާމަތް ދުވަހުގެ ކުރިން ހަލާކު ނުކުރައްވާ އެއްވެސް (އަނިޔާވެރި) ރަށެއް ނުވެއެވެ. ނުވަތަ ގަދަވެގެންވާ ޢަޛާބަކުން ޢަޛާބު ނުދެއްވާ ރަށެއްވެސް ނުވެއެވެ. ފޮތުގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.

وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا وَمَا نُرْسِلُ بِٱلْـَٔايَٰتِ إِلَّا تَخْوِيفًا ۞ 59

އިހުއުޅުނު މީހުން މުޢުޖިޒާތައް ދޮގުކުޅަކަން މެނުވީ، ތިމަންރަސްކަލާނގެ މުޢުޖިޒާތައް ފޮނުއްވުން މަނާކުރާކަމެއް ނެތެވެ. އަދި ފާޅުވެގެންވާ މުޢުޖިޒާއެއްގެ ގޮތުގައި، ޘަމޫދު ބާގައި މީހުންނަށް ޖަމަލު ދެއްވީމެވެ. ދެން އެއުރެން އެއާމެދުގައި އަނިޔާވެރިވެގަތޫއެވެ. އަދި އިންޛާރެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ މުޢުޖިޒާތައް ނުފޮނުއްވަމެވެ.

وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَٰكَ إِلَّا فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَٰنًا كَبِيرًا ۞ 60

ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމާއި، ޤުދުރަތްތެރިކަން، މީސްތަކުން ވަށައިލާފައިވާކަމުގައި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވި ދެއްކެވުމާއި، އަދި ޤުރްއާނުގައި ލަޢުނަތް ލައްވާފައިވާ ގަސް (އެއީ) މީސްތަކުންނަށް އިމްތިޙާނެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ބިރުދައްކަވައި އިންޛާރު ކުރައްވަމެވެ. ފަހެ، ބޮޑުވެގެންވާ ދެކޮޅުވެރިކަން މެނުވީ، އެކަމުގެ ސަބަބުން، އެއުރެންނަށް އިތުރެއް ނުވެތެވެ.

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًا ۞ 61

އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަ ކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރާށެވެ. ފަހެ، އިބްލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަކުޅައޫއެވެ. އިބްލީސް ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން ސަޖިދަ ކުރާނެތޯއެވެ؟

قَالَ أَرَءَيْتَكَ هَٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا ۞ 62

އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯއެވެ؟ ޤިޔާމަތަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ.

قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءً مَّوْفُورًا ۞ 63

އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެ ހިނގައިދާށެވެ! ފަހެ، އެއުރެންގެ ތެރެއިން، ކަލޭގެއަށް ތަބަޢަ ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ފުރިހަމަވެގެންވާ ޖަޒާއެއްގެގޮތުން، ތިޔަބައިމީހުން (އެންމެން) ގެ ޖަޒާއަކީ ނަރަކައެވެ.

وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ وَعِدْهُمْ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا ۞ 64

އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ! އަދި ކަލޭގެ ސަވާރުންތަކާއި، ފައިމަގުގައިވާ މީހުންތައް މެދުވެރިކޮށް، އެއުރެންގެމައްޗަށް ބާރުހިންގާށެވެ! އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެއުރެން ބައިވެރިކުރާށެވެ! އަދި އެއުރެންނަށް ވަޢުދު ކުރާށެވެ! ހެއްލުންތެރިކަމެއްމެނުވީ، ޝައިޠާނާ އެއުރެންނަކަށް ވަޢުދެއް ނުކުރެތެވެ.

إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ وَكَفَىٰ بِرَبِّكَ وَكِيلًا ۞ 65

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. ވަކީލަކު ކަމުގައި، ކަލޭގެ ވެރިރަސްކަލާނގެ ފުދެއެވެ.

رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُوا۟ مِن فَضْلِهِۦٓ إِنَّهُۥ كَانَ بِكُمْ رَحِيمًا ۞ 66

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ކަނޑުގައި އުޅަނދުތައް ދުވާގޮތް މެދުވެރިކޮށްދެއްވި ކަލާނގެއެވެ. (އެއީ) އެކަލާނގެ ފަޟްލުވަންތަކަމުގެތެރެއިން (ކަންކަމަށް) ތިޔަބައިމީހުން އެދިއުޅުމަށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ރަޙީމްވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.

وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ وَكَانَ ٱلْإِنسَٰنُ كَفُورًا ۞ 67

އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތިޙާލު ޖެހިއްޖެހިނދަކު، ތިޔަބައިމީހުން އެހީއަށްއެދި ގޮވާ ފަރާތްތަކުގެ ތެރެއިން، އެކަލާނގެ ފިޔަވައި އެހެންހުރިހާ ފަރާތެއް ގެއްލިދެއެވެ. ފަހެ، އެކަލާނގެ ތިޔަބައިމީހުން ސަލާމަތްކުރައްވައި، އެއްގަމަށް ގެންނަވައިފިހިނދު (އެކަލާނގެ ފިޔަވައި) ތިޔަބައިމީހުން ފުރަގަސްދީ ހިނގައިދެއެވެ. ނިޢުމަތަށް އިންކާރުކޮށް، ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާނާވިއެވެ.

أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا۟ لَكُمْ وَكِيلًا ۞ 68

ފަހެ، އެކަލާނގެ ތިޔަބައިމީހުންނާއެކު، ހިކިފަސްތަނުގެ ބައެއް ގަންބަވައިގެންފާނެކަމާމެދު، ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ކުދި ހިލައިގެ ވާރޭ ފޮނުއްވައިފާނޭ ކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން ތިޔަބައިމީހުން ރައްކާތެރިކުރާނޭ މީހަކު ތިޔަބައިމީހުންނަކަށް ނުފެންނާނެތެވެ.

أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًا ۞ 69

ނުވަތަ ތިޔަބައިމީހުން އަލުން އެ ކަނޑުގެ ތެރެއަށް ދެވަނަފަހަރަށް ފޮނުއްވައި، ތިޔަބައިމީހުންގެ މައްޗަށް، ވައިގެ ގަދަރޯޅިއެއް ފޮނުއްވައި، ދެން ތިޔަބައިމީހުން ކާފިރު ވީކަމުގެ ސަބަބުން، ތިޔަބައިމީހުން ޣަރަޤު ކުރައްވައިފާނެކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން އެކަމުގެ ސަބަބުން، ތިމަންރަސްކަލާނގެއާ ދެކޮޅަށް، ނަޞްރުވެރިވާނެ ފަރާތެއް ތިޔަބައިމީހުންނަކަށް ނުފެންނާނެތެވެ.

وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ۞ 70

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.

يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَٰمِهِمْ فَمَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ فَأُو۟لَٰٓئِكَ يَقْرَءُونَ كِتَٰبَهُمْ وَلَا يُظْلَمُونَ فَتِيلًا ۞ 71

ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ އިމާމުގެ ނަމުން ތިމަންރަސްކަލާނގެ ގޮވައިލައްވާނޭ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެމީހެއްގެ ފަތް އެމީހެއްގެ ކަނާތަށް ލިބިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެން، އެއުރެންގެ ފަތް ކިޔާނެތެވެ. އަދި އެއުރެންނަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް، ބޭއިންސާފެއް ނުކުރައްވާނެތެވެ.

وَمَن كَانَ فِى هَٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا ۞ 72

އަދި މިދުނިޔޭގައި (ޙައްޤު ގޮތް ފިޔަވައި) ކަނުމީހަކު، އާޚިރަތް ދުވަހުގައިވެސް ވާނީ، ކަނުމީހެއް ކަމުގައެވެ. އޭނާ ވާހުށީ، މަގު ގެއްލިފައިވާ މީހަކު ކަމުގައެވެ.

وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ وَإِذًا لَّٱتَّخَذُوكَ خَلِيلًا ۞ 73

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އިއްވެވި ވަޙީއިން ކަލޭގެފާނު އެއްކިބާކުރުމަށް، އެއުރެން ގާތްކުޅައޫއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ނުކުރައްވާ އެއްޗެއް، ކަލޭގެފާނު ހައްދަވައިގެން ތިމަންރަސްކަލާނގެއަށް ނިސްބަތް ކުރެއްވުމަށް (އެދި އެކަމަށް) ޓަކައެވެ. (އެކަން އެގޮތަށް ކުރެއްވިނަމަ) އޭރުން ހަމަކަށަވަރުން، އެއުރެން، ކަލޭގެފާނީ މިތުރަކު ކަމުގައި ހެދީހެވެ.

وَلَوْلَآ أَن ثَبَّتْنَٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا ۞ 74

އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގަދަކަންދެއްވައި، ޘާބިތު ކޮށް ނުދެއްވިނަމަ، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް ހިސާބަކަށް ލެނބިވަޑައިގަތުން ގާތްވީހެވެ.

إِذًا لَّأَذَقْنَٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا ۞ 75

އޭރުން، ދުނިޔަވީ ޙަޔާތުގެ (ޢުޤޫބާތުގެ) ދެބަޔާއި، އާޚިރަތުގެ (ޢުޤޫބާތުގެ) ދެބައިން ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ރަހަ ދެއްކެވީމުހެވެ. ދެން ތިމަންރަސްކަލާނގެ (ޢަޛާބު) އާ ދެކޮޅަށް، ކަލޭގެފާނަށް ނަޞްރު ދޭނެ، އެއްވެސްމީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا وَإِذًا لَّا يَلْبَثُونَ خِلَٰفَكَ إِلَّا قَلِيلًا ۞ 76

އަދި އެއުރެން ހަމަކަށަވަރުން، ކަލޭގެފާނަށް (ޢަދާވަތްތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (މައްކާގެ) ބިމުން ބޭރުކޮށްލުމަށް ގާތްކުޅައޫއެވެ. (އެހެންވެއްޖެނަމަ) އޭރުން، ކުޑަވަގުތުކޮޅަކަށް މެނުވީ، ކަލޭގެފާނަށްފަހު އެއުރެންނަކަށް (އެތާކު) ނުތިބެވޭނެތެވެ.

سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا ۞ 77

(އެއީ) ތިމަންރަސްކަލާނގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުންނާމެދު، ކަންތައް ހިންގެވިގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ۞ 78

އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދު ޤާއިމް ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ.

وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا ۞ 79

އަދި (ފަރުޟު ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤުރްއާން ކިޔަވައިވިދާޅުވެ، ތަހައްޖުދު ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!

وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنكَ سُلْطَٰنًا نَّصِيرًا ۞ 80

އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ވައްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ! އަދި ނަޞްރު ދެނިވި ބާރެއް އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާއަށް ލައްވާނދޭވެ!

وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَٰطِلُ إِنَّ ٱلْبَٰطِلَ كَانَ زَهُوقًا ۞ 81

އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا ۞ 82

ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.

وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًا ۞ 83

އަދި އިންސާނާއަށް، ތިމަންރަސްކަލާނގެ ނިޢުމަތް ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެކަލާނގެ ރަޙްމަތުން) އުންމީދު ކަނޑައިލާ މީހަކަށް ވެދެތެވެ.

قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا ۞ 84

ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެ މީހަކުމެ، ޢަމަލު ކުރަމުންދަނީ އެމީހެއްގެ ގޮތަށެވެ. ފަހެ، އެންމެބޮޑަށް ތެދުމަގު ލިބިފައިވަނީ ކާކުކަން މޮޅަށް ދެނެވޮޑިގެންވަނީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ.

وَيَسْـَٔلُونَكَ عَنِ ٱلرُّوحِ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا ۞ 85

ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.

وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِىٓ أَوْحَيْنَآ إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيْنَا وَكِيلًا ۞ 86

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ވަޙީ ކުރެއްވި ތަކެތި ގެންދަވައިފާހުށީމެވެ. ދެން އެކަމާމެދު ތިމަންރަސްކަލާނގެއާ ދެކޮޅަށް ކަލޭގެފާނަށް އެހީތެރިވާނޭ މީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

إِلَّا رَحْمَةً مِّن رَّبِّكَ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًا ۞ 87

ނަމަވެސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތްފުޅުން (އެކަމެއް ނުކުރައްވަތެވެ.) ހަމަކަށަވަރުން، އެކަލާނގެ ފަޟްލުވަންތަކަން، ކަލޭގެފާނުގެ މައްޗަށް ބޮޑުވެގެންވެއެވެ.

قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ۞ 88

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.

وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا ۞ 89

ހަމަކަށަވަރުން، މި ޤުރްއާނުގައި ތިމަންރަސްކަލާނގެ މީސްތަކުންނަށް ހުރިހާ ބާވަތަކުން މިޘާލު ބަޔާންކުރެއްވީމެވެ. ދެންވެސް މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، ކާފިރު ވުން މެނުވީ ޤަބޫލެއް ނުކުރޫއެވެ.

وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا ۞ 90

އަދި އެއުރެން ބުނެފޫއެވެ. ކަލޭގެފާނު (މައްކާގެ) ބިމުން ތިމަންމެންނަށް ފެންއާރެއް ހިންގަވައިދެއްވައިފުމަށް ދާނދެން ކަލޭގެފާނަކަށް ތިމަންމެން އީމާނެއް ނުވާނޫއެވެ.

أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلْأَنْهَٰرَ خِلَٰلَهَا تَفْجِيرًا ۞ 91

ނުވަތަ ކަލޭގެފާނަށް، ކަދުރު ރުކާއި، މޭބިސްކަދުރުގެ ބަގީޗާއެއްއޮވެ، އޭގެ މެދުން ގިނަގުނަ ކޯރުތައް ހިންގަވައިދެއްވައިފުމަށް ދާނދެނެވެ.

أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَٰٓئِكَةِ قَبِيلًا ۞ 92

ނުވަތަ ކަލޭގެފާނު ހީފުޅުކުރައްވާ ފަދައިން، ތިމަންމެންގެ މައްޗަށް އެތިއެތިގަނޑަށް އުޑު ވައްޓަވައިލައްވައިފުމަށް ދާނދެން، ނުވަތަ ﷲއާއި މަލާއިކަތުން (ތިމަންމެންނަށް) ފެންނާނެހެން ކުރިމައްޗަށް ގެނެސްދެއްވައިފުމަށް ދާނދެނެވެ.

أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَٰبًا نَّقْرَؤُهُۥ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا ۞ 93

ނުވަތަ ކަލޭގެފާނަށް ރަނުން ގެއެއް ހުރެ، ނުވަތަ ކަލޭގެފާނު އުޑަށް އަރައިވަޑައިގެންފުމަށް ދާނދެނެވެ. އަދި ތިމަންމެން ކިޔަވާނޭ ފޮތެއް ތިމަންމެންނަށް ބާލުއްވައިދެއްވައިފުމަށް ދާނދެން، ކަލޭގެފާނު (އުޑަށް) އަރައިވަޑައިގެންނެވިކަމަކަށް، ތިމަންމެން އީމާނެއް ނުވާނޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ތިމަންކަލޭގެފާނަކީ، ރަސޫލަކު ކަމުގައިވާ އާދަމުގެދަރިޔަކު ކަމުގައި މެނުވީ ނުވަމެވެ.

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا ۞ 94

މީސްތަކުންގެ ގާތަށް ތެދުމަގު އައިހިނދު، ﷲ، ރަސޫލަކު ކަމުގައި އާދަމުގެދަރިޔަކު ފޮނުއްވީހޭ، އެއުރެން ބުނާ ބުނުން މެނުވީ، އެއުރެން އީމާން ވުން މަނައެއް ނުކުރެތެވެ.

قُل لَّوْ كَانَ فِى ٱلْأَرْضِ مَلَٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا ۞ 95

ކަލޭގެފާނު ވިދާޅުވާށެވެ! ބިމުގައި ހިންގަވައި، ދިރިއުޅުއްވަނީ މަލާއިކަތުން ކަމުގައިވީނަމަ، އެބޭކަލުންގެ ގާތަށް ރަސޫލަކު ކަމުގައި ތިމަންރަސްކަލާނގެ އުޑުން މަލާއިކަތަކު ބާވައިލެއްވީމުހެވެ.

قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا ۞ 96

ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް ﷲ ފުދެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރުތައް މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ.

وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ وَنَحْشُرُهُمْ يَوْمَ ٱلْقِيَٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا مَّأْوَىٰهُمْ جَهَنَّمُ كُلَّمَا خَبَتْ زِدْنَٰهُمْ سَعِيرًا ۞ 97

ﷲ ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި ޤިޔާމަތް ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް މަޙްޝަރަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރުބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ.

ذَٰلِكَ جَزَآؤُهُم بِأَنَّهُمْ كَفَرُوا۟ بِـَٔايَٰتِنَا وَقَالُوٓا۟ أَءِذَا كُنَّا عِظَٰمًا وَرُفَٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ۞ 98

އެއީ ތިމަންރަސްކަލާނގެ އާޔަތްތަކަށް އެއުރެން ކާފިރުވި ކަމަށްޓަކައި އެއުރެންނަށް ހުރި ޖަޒާއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ވޭހެއްޔެވެ؟

أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ قَادِرٌ عَلَىٰٓ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى ٱلظَّٰلِمُونَ إِلَّا كُفُورًا ۞ 99

އުޑުތަކާއި، ބިން ހެއްދެވި ﷲ، އެއުރެންފަދަ ބަޔަކު ހެއްދެވުމަށް ކުޅަދުންވަންތަކަން، އެއުރެންނަކަށް ނޭނގޭހެއްޔެވެ؟ އެކަލާނގެ އެއުރެންނަށްވަނީ، ވަކިމުއްދަތެއް ކަނޑައަޅުއްވާފައެވެ. އެއާމެދަކު ޝައްކެއްނެތެވެ. ފަހެ، އެ އަނިޔާވެރިވެގަތް މީހުން ދެކޮޅުވެރިކަމާއި، ކާފިރު ކަން މެނުވީ ޤަބޫލެއް ނުކުރެތެވެ.

قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ وَكَانَ ٱلْإِنسَٰنُ قَتُورًا ۞ 100

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތުގެ ޚަޒާނާތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (ޚަރަދު ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ.

وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَٰتٍۭ بَيِّنَٰتٍ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَٰمُوسَىٰ مَسْحُورًا ۞ 101

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ މުޢުޖިޒާއެއް، މޫސާގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) އިސްރާއީލުގެދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! ފަހެ، ފިރްޢައުނު، އެކަލޭގެފާނަށް ދެންނެވިއެވެ. އޭ މޫސާގެފާނެވެ! ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، ކަލޭގެފާނަށް ސިޙުރު ޖެހިފައިވާ ކަމަށެވެ.

قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَٰفِرْعَوْنُ مَثْبُورًا ۞ 102

އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ ޢިބްރަތްތަކެއް ކަމުގައި މި މުޢުޖިޒާތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ. އޭ ފިރްޢައުނެވެ! ހަމަކަށަވަރުން، އަހުރެންނަށް ޔަޤީން ވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ.

فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلْأَرْضِ فَأَغْرَقْنَٰهُ وَمَن مَّعَهُۥ جَمِيعًا ۞ 103

ފަހެ، އޭނާ ޤަޞްދު ކުރީ އެއުރެން (މިޞްރުގެ) ބިމުން ބޭރުކޮށްލުމަށެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާއާއެކުގައިވާ އެންމެން ޣަރަޤު ކުރެއްވީމެވެ.

وَقُلْنَا مِنۢ بَعْدِهِۦ لِبَنِىٓ إِسْرَٰٓءِيلَ ٱسْكُنُوا۟ ٱلْأَرْضَ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ جِئْنَا بِكُمْ لَفِيفًا ۞ 104

އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން ޤިޔާމަތް ދުވަހުގެ ވަޢުދު އަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ ޙާލު، ޙާޟިރު ކުރައްވާ ހުށީމެވެ.

وَبِٱلْحَقِّ أَنزَلْنَٰهُ وَبِٱلْحَقِّ نَزَلَ وَمَآ أَرْسَلْنَٰكَ إِلَّا مُبَشِّرًا وَنَذِيرًا ۞ 105

ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ، ޙައްޤާ އެކުގައެވެ. އަދި އެ ޤުރްއާން އައީ، ޙައްޤު ގޮތުގައެވެ. އަދި އުފާވެރި ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.

وَقُرْءَانًا فَرَقْنَٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَٰهُ تَنزِيلًا ۞ 106

އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ޤުރްއާން އެކިފަހަރުމަތިން ބާވައިލެއްވީމެވެ.

قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا ۞ 107

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އެ ޤުރްއާނަށް އީމާން ވާށެވެ! ނުވަތަ އީމާން ނުވާށެވެ! ހަމަކަށަވަރުން، އޭގެކުރިން ޢިލްމު ލިބިގެންވާ މީހުންނަށް އެ ޤުރްއާން ކިޔަވައިދެއްވާހިނދު، އެއުރެން ސަޖިދަ ކުރާ ޙާލު، މޫނުވަތަށް ތިރިވެއެވެ.

وَيَقُولُونَ سُبْحَٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا ۞ 108

އަދި އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ވަޢުދުފުޅާ އެއްގޮތަށް ކަންތައް ވާހުށިކަން ކަށަވަރެވެ.

وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ۞ 109

އަދި އެއުރެން ރޮމުން މޫނުވަތަށް ސަޖިދައަށް ތިރިވެއެވެ. އަދި އެ ޤުރްއާން، އެއުރެންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.

قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًا ۞ 110

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲގެ އިސްމުފުޅުން ދުޢާ ކުރާށެވެ! ނުވަތަ ރަޙްމާނުގެ އިސްމުފުޅުން ދުޢާ ކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ އިސްމުފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأسماء الحسنى (އޭ ކިއުނު އިސްމުފުޅުތައް) ވެއެވެ. އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު ޤަޞްދު ކުރައްވާށެވެ!

وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ وَكَبِّرْهُ تَكْبِيرًۢا ۞ 111

އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙަމްދު ހުރީ ﷲއަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ ރަސްކަލާނގެއެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން ސަލާމަތް ކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ވިދާޅުވާށެވެ!