بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ الٓمٓر تِلْكَ ءَايَٰتُ ٱلْكِتَٰبِ وَٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ ۞ 1
ا ل م ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) މިއީ ފޮތުގެ އާޔަތްތަކެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި ޙައްޤު ތެދެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ފޮތަކަށް) އީމާނެއް ނުވެތެވެ.
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ ۞ 2
ﷲއީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން ޢަރްޝުގެ މައްޗަށް އެކަލާނގެ އިސްތިވާ ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ ތަދްބީރު ކުރައްވަތެވެ. އާޔަތްތައް ތަފްޞީލު ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން ޔަޤީން ކުރުމަށްޓަކައެވެ.
وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَٰرًا وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ يُغْشِى ٱلَّيْلَ ٱلنَّهَارَ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ ۞ 3
އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ.
وَفِى ٱلْأَرْضِ قِطَعٌ مُّتَجَٰوِرَٰتٌ وَجَنَّٰتٌ مِّنْ أَعْنَٰبٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَآءٍ وَٰحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِى ٱلْأُكُلِ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ ۞ 4
އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِى خَلْقٍ جَدِيدٍ أُو۟لَٰٓئِكَ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ وَأُو۟لَٰٓئِكَ ٱلْأَغْلَٰلُ فِىٓ أَعْنَاقِهِمْ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ هُمْ فِيهَا خَٰلِدُونَ ۞ 5
ކަލޭގެފާނު ކަމަކާމެދު ޢަޖާއިބު ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް ޢަޖާއިބު ވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރު ވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ.
وَيَسْتَعْجِلُونَكَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ ٱلْمَثُلَٰتُ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِّلنَّاسِ عَلَىٰ ظُلْمِهِمْ وَإِنَّ رَبَّكَ لَشَدِيدُ ٱلْعِقَابِ ۞ 6
އަދި ރަނގަޅު ކަންތަކުގެ ކުރިން، ނުބައިކަންތައް އަވަސްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދެތެވެ. އަދި އެއުރެންގެ ކުރިން ޢިބްރަތް ލިބެނިވި ޢިޤާބު އިސްވެގޮސްފައިވާކަން ކަށަވަރެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުން އަނިޔާވެރިވުމާއެކުވެސް، އެއުރެންނަށް ފާފަފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢިޤާބު ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦٓ إِنَّمَآ أَنتَ مُنذِرٌ وَلِكُلِّ قَوْمٍ هَادٍ ۞ 7
އަދި ކާފިރު ވިމީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ހެތްކެއް (އެބަހީ: މުޢުޖިޒާއެއް) އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ! ކަލޭގެފާނު ވާކަންކަށަވަރީ، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ކޮންމެ ޤައުމަކަށްމެ ތެދުމަގު ދައްކަވާ ރަސޫލަކު ވެއެވެ.
ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ ۞ 8
ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނަ އެއްޗަކާއި، ރަޙިމުތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، ﷲ ދެނެވޮޑިގެންވެތެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ ޙަޟްރަތުގައި ވަނީ މިންވަރު ކުރައްވާފައެވެ.
عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ ۞ 9
(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ބޮޑުވެގެންވާ މަތިވެރިވަންތަ ރަސްކަލާނގެއެވެ.
سَوَآءٌ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفٍۭ بِٱلَّيْلِ وَسَارِبٌۢ بِٱلنَّهَارِ ۞ 10
ތިޔަބައިމީހުންކުރެ ބުނާ ބަސް ސިއްރުކުރާ މީހާއާއި، އެ ބަސް ފާޅުކުރާ މީހާއާއި، ރޭގަނޑު (އަނދިރީގައި) ފޮރުވިގެންވާ މީހާއާއި، ދުވާލު އެތަންމިތަނަށް ހިނގާމީހާ (އެކަލާނގެ ދެނެވޮޑިގަތުމުގައި) ހަމަހަމަވެގެންވެތެވެ.
لَهُۥ مُعَقِّبَٰتٌ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ وَإِذَآ أَرَادَ ٱللَّهُ بِقَوْمٍ سُوٓءًا فَلَا مَرَدَّ لَهُۥ وَمَا لَهُم مِّن دُونِهِۦ مِن وَالٍ ۞ 11
އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲގެ އަމުރުފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތް އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ޙާލަތް ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ.
هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ ۞ 12
އެކަލާނގެއީ، ތިޔަބައިމީހުންނަށް ބިރުވެރިކަމާއި، އުއްމީދު ލިބެނިވިގޮތުގައި ވިދުވަރު ދައްކަވާ އަދި (ފެނުން) ބަރުވެފައިވާ ވިލާ އުފައްދަވާ ރަސްކަލާނގެއެވެ.
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ ۞ 13
އަދި ގުގުރިވެސް އެކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ކިޔަތެވެ. އަދި މަލާއިކަތުން ވެސް އެކަލާނގެއަށް ބިރުވެތިކަމާއެކު ތަސްބީޙަ ކިޔަތެވެ. އަދި ހޮނުއަޅުއްވައި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ޖައްސަވަތެވެ. އަދި އެއުރެން ﷲއާމެދު ޖަދަލުކޮށް ހަދަތެވެ. އަދި އެކަލާނގެއީ، ހިއްޕެވުން ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
لَهُۥ دَعْوَةُ ٱلْحَقِّ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦ وَمَا دُعَآءُ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ ۞ 14
ޙައްޤު ވެގެންވާ ދުޢާ ކުރުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި، އެހެން ފަރާތްފަރާތަށް ދުޢާ ކުރާ މީހުންނަކަށް އެފަރާތްތަކަކުން އެއްވެސް ކަމަކަށް އިޖާބައެއް ނުދޭނެތެވެ. ފެންގަނޑަކާދިމާޔަށް އެއިން ފެންފޮދެއް އަނގަޔަށް އެޅުމަށް (ދުރުގައި ހުރެގެން) ދެއަތްތިލަ ފަތުރާމީހެއްގެ މިޘާލުގައި މެނުވީއެވެ. އޭނާޔަކަށް އެއިން ފެންފޮދެއް އަނގަޔަކަށް ނޭޅޭނެތެވެ. ކާފިރު ވީ މީހުންގެ ދުޢާ، ގެއްލުމެއްގައި މެނުވީ ނުވެތެވެ.
وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ ۞ 15
އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އެއުރެންގެ ހިޔަނިތައްވެސް، ރުހުމުގައްޔާއި، ނުރުހުމުގައި، ހެނދުނާއި ހަވީރު، ﷲއަށް (ކިޔަމަންވެ) ސަޖިދަ ކުރެތެވެ.
قُلْ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَٰتُ وَٱلنُّورُ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْ قُلِ ٱللَّهُ خَٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّٰرُ ۞ 16
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ ނަފްސުތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެއުރެން ﷲއަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) މަޚްލޫޤުން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެއެވެ.
أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتْ أَوْدِيَةٌۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًا رَّابِيًا وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَٰعٍ زَبَدٌ مِّثْلُهُۥ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَٰطِلَ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ ۞ 17
އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން ވާދީތަކުގައި ފެންބޮޑުވެ، އެއަށް ކަނޑައެޅިގެންވާ މިންވަރުގެމަތިން އޮހޮރިގެންދިޔައެވެ. ފަހެ، އެފެނުގެ މައްޗަށް އަރާ ފޮނުތައް، އެއާއެކު އުފުލައިގެން ގެންދިޔައެވެ. އަދި ގަހަނާއެއް ނުވަތަ ހިފައިގެންގުޅޭ އެއްޗެއް ހެދުމަށް އެއުރެން އަލިފާނަށްލައި ވިރުވާ މަޢުދަނުގެ މައްޗަށްވެސް އެފަދަ ދަގުއިއަރައެވެ. އެފަދައިން، ﷲ، ޙައްޤާއި ބާޠިލުގެ މިޘާލު ޖައްސަވަތެވެ. ފަހެ، މައްޗަށްއަރާ ފޮނު ދަންނާށެވެ! ބޭނުންނެތް ގޮތުގައި، އެ އުކައިލެވި، ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ، ހަރުލައި ހުންނާނެތެވެ. އެފަދައިން ﷲ މިޘާލު ޖައްސަވަތެވެ.
لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ أُو۟لَٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ وَبِئْسَ ٱلْمِهَادُ ۞ 18
އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދިން މީހުންނަށް، ހުރީ، އެންމެ ހެޔޮ ދަރުމައެވެ. އަދި އެކަލާނގެއަށް އިޖާބަ ނުދިން މީހުންނަށް މުޅި ބިމުގައި ވާހައި ތަކެއްޗެއް އޭގެ ދެގުނަޔަށް ލިބުނުކަމުގައިވިޔަސް، އެ ހުރިހާ އެއްޗަކުން އެއުރެން ފިދުޔަ ދިނީހެވެ. އެއުރެންނަށްހުރީ، ނުބައިކަންހުރި ޙިސާބު ބެއްލެވުމެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަންމަތީގެހުރި ނުބައިކަމާއެވެ!
أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ ۞ 19
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވީ، ޙައްޤު ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.
ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَٰقَ ۞ 20
އެއުރެންނަކީ، ﷲއަށް ވެފައިވާ ވަޢުދު ފުއްދާ، އަދި ކަށަވަރުވެގެންވާ ޢަހުދު އުވައިނުލާ މީހުންނެވެ.
وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ ۞ 21
އަދި އެއުރެންނަކީ، ގުޅިފައިވުމަށް ﷲ އަމުރު ކުރައްވާފައިވާ ކަންތައްތައް ގުޅުވާ، އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ، އަދި ޙިސާބު ބެއްލެވުމުގެ ނުބައި ނަތީޖާއަކަށް ބިރުގަންނަ މީހުންނެވެ.
وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّارِ ۞ 22
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ވަޖްހުފުޅު އަދައިގެން ކެތްތެރިވެ، ނަމާދު ޤާއިމް ކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، ސިއްރާއި ފާޅުގައި ހޭދަކޮށް، އަދި ހެޔޮކަންތަކުން ނުބައިކަންތައް ދުރުކުރާ މީހުންނެވެ. އެއުރެންނަށް އާޚިރަތުގައި އުފާވެރި ގޮވަތި ހުށްޓެވެ.
جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ۞ 23
(އެއީ) ޢަދްނޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙުވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ.
سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ فَنِعْمَ عُقْبَى ٱلدَّارِ ۞ 24
(އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ!
وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ أُو۟لَٰٓئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ ۞ 25
އަދި ﷲއަށް ޢަހުދު ކަށަވަރުކުރުމަށްފަހު، އެ ޢަހުދު އުވާލައި، އަދި ގުޅިފައިވުމަށް ﷲ އަމުރު ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް ލަޢުނަތް ހުށްޓެވެ. އަދި އާޚިރަތް ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ.
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَٰعٌ ۞ 26
ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެއުރެން އުފާކުރޫއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، އާޚިރަތުގެ ދިރިއުޅުމާ އަޅައިބަލާއިރު، ވަގުތީ އުފަލެއްކަމުގައި މެނުވީ ނުވެތެވެ.
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ ۞ 27
ކާފިރުވި މީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ހެތްކެއް އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ، ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ ޙަޟްރަތަށް އެނބުރި އަންނަ މީހަކަށް ތެދުމަގު ދައްކަވަތެވެ.
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ۞ 28
އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟
ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍ ۞ 29
އެއުރެންނީ، އީމާންވެ، ޞާލިޙު ޢަމަލުތައްކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
كَذَٰلِكَ أَرْسَلْنَٰكَ فِىٓ أُمَّةٍ قَدْ خَلَتْ مِن قَبْلِهَآ أُمَمٌ لِّتَتْلُوَا۟ عَلَيْهِمُ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَٰنِ قُلْ هُوَ رَبِّى لَآ إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ ۞ 30
އެފަދައިން ތިމަންރަސްކަލާނގެ ކަލޭގެފާނު އުއްމަތެއްގެތެރެއަށް ފޮނުއްވީމެވެ. އެ އުއްމަތުގެ ކުރީގައި، އެތައް އުއްމަތްތަކެއް ނިމިގޮސްފައިވެއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް އިއްވެވި ވަޙީ އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވުމަށްޓަކައެވެ. (ނަމަވެސް) އެއުރެން ރަޙްމާންވަންތަ ރަސްކަލާނގެއަށް ކާފިރު ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ނުވެއެވެ. ތިމަންކަލޭގެފާނު ވަކީލު ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިއުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.
وَلَوْ أَنَّ قُرْءَانًا سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلْأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ بَل لِّلَّهِ ٱلْأَمْرُ جَمِيعًا أَفَلَمْ يَا۟يْـَٔسِ ٱلَّذِينَ ءَامَنُوٓا۟ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعًا وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ تُصِيبُهُم بِمَا صَنَعُوا۟ قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ ۞ 31
ޤުރްއާނަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ ޤުރްއާނަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ އަމުރެއް ކުރެއްވުންވަނީ، ﷲއަށެވެ. ފަހެ، ﷲ އިރާދަކުރައްވާނަމަ، އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވައިފާނެކަން، އީމާން ވިމީހުންނަށް ނޭނގޭހެއްޔެވެ؟ ކާފިރު ވިމީހުންނަށް އެއުރެންކުރި ކަންތައްތަކުން، އާފާތުތައްޖެހި، ނުވަތަ އެ އާފާތުތައް، އެއުރެންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. ﷲގެ ވަޢުދުފުޅު އަތުވެއްޖައުމަށް ދާނދެނެވެ. ހަމަކަށަވަރުން، ﷲ، ވަޢުދާ ޚިލާފު ވެވޮޑިއެއް ނުގަންނަވަތެވެ.
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا۟ ثُمَّ أَخَذْتُهُمْ فَكَيْفَ كَانَ عِقَابِ ۞ 32
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، ރަސޫލުންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، ކާފިރުވި މީހުންނަށް ތިމަންރަސްކަލާނގެ މުހުލަތް ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
أَفَمَنْ هُوَ قَآئِمٌ عَلَىٰ كُلِّ نَفْسٍۭ بِمَا كَسَبَتْ وَجَعَلُوا۟ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ أَمْ تُنَبِّـُٔونَهُۥ بِمَا لَا يَعْلَمُ فِى ٱلْأَرْضِ أَم بِظَٰهِرٍ مِّنَ ٱلْقَوْلِ بَلْ زُيِّنَ لِلَّذِينَ كَفَرُوا۟ مَكْرُهُمْ وَصُدُّوا۟ عَنِ ٱلسَّبِيلِ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ۞ 33
ފަހެ، ކޮންމެ ނަފްސަކާއި، އެ ނަފްސެއް ހޯދައިގަތް ޢަމަލުތަކުގެ މައްޗަށް ޤާއިމްވެ ބައްލަވާވޮޑިގެންވާ ރަސްކަލާނގެ (އެނޫން ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެއުރެން، ﷲއަށް ޝަރީކުންތަކެއް ލޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އެ ތަކެއްޗަށް ނަންދީ ބަލާށެވެ! ނުވަތަ ބިމުގައި އެކަލާނގެ ދެނެވޮޑިގެންނުވާ ކަމެއްގެ ޚަބަރު، ތިޔަބައިމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ބޭރުފުށުން ދައްކާ ވާހަކައަކީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ކާފިރުވި މީހުންނަށް، އެއުރެންގެ މަކަރުވެރި ރޭވުންތައް ޒީނަތްތެރިކުރެއްވިއެވެ. އަދި އެއުރެން މަގުން އެއްކިބާކުރައްވާފައިވެއެވެ. ﷲ މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެތެވެ.
لَّهُمْ عَذَابٌ فِى ٱلْحَيَوٰةِ ٱلدُّنْيَا وَلَعَذَابُ ٱلْـَٔاخِرَةِ أَشَقُّ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍ ۞ 34
އެއުރެންނަށް ދުނިޔޭގެ ޙާޔާތުގައިވެސް ޢަޛާބު ހުށްޓެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބު މާގަދައެވެ. އަދި ﷲގެ ޢަޛާބުން ރައްކާތެރިކޮށްދޭނެ އެކަކުވެސް އެއުރެންނަކަށް ނުވެތެވެ.
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ أُكُلُهَا دَآئِمٌ وَظِلُّهَا تِلْكَ عُقْبَى ٱلَّذِينَ ٱتَّقَوا۟ وَّعُقْبَى ٱلْكَٰفِرِينَ ٱلنَّارُ ۞ 35
ތަޤްވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ސުވަރުގޭގެ މިޘާލު (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ ތަޤްވާވެރިވި މީހުންގެ ނިމުމެވެ. އަދި ކާފިރުވި މީހުންގެ ނިމުމަކީ ނަރަކައެވެ.
وَٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَفْرَحُونَ بِمَآ أُنزِلَ إِلَيْكَ وَمِنَ ٱلْأَحْزَابِ مَن يُنكِرُ بَعْضَهُۥ قُلْ إِنَّمَآ أُمِرْتُ أَنْ أَعْبُدَ ٱللَّهَ وَلَآ أُشْرِكَ بِهِۦٓ إِلَيْهِ أَدْعُوا۟ وَإِلَيْهِ مَـَٔابِ ۞ 36
ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެތެވެ. އަދި އޭގެ ބައެއް ތަކެއްޗާމެދު އިންކާރު ކުރާ ބަޔަކު އަޙްޒާބުގެ ތެރެއިން (އެބަހީ: މުޝްރިކުންނާއި، ފޮތުގެ އަހުލުވެރިންކުރެ އީމާން ނުވާ މީހުންގެ ތެރެއިން) ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވާކަން ކަށަވަރީ، ﷲއަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް ޝަރީކު ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިއުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.
وَكَذَٰلِكَ أَنزَلْنَٰهُ حُكْمًا عَرَبِيًّا وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا وَاقٍ ۞ 37
އެފަދައިން ޢަރަބި ބަހުންވާ ޙުކުމެއްގެ ގޮތުގައި، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީމެވެ. އަދި ކަލޭގެފާނާ ހަމައަށް އައި ޢިލްމަށްފަހު، އެއުރެންގެ އަމިއްލަ އެދުމަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގެންފިނަމަ، ﷲއާ ދެކޮޅަށް ނަޞްރު ދޭނެ މީހަކުވެސް، އަދި ޢަޛާބުން ރައްކާތެރިކުރާނޭ މީހަކުވެސް ކަލޭގެފާނަކަށް ނުވެތެވެ.
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ لِكُلِّ أَجَلٍ كِتَابٌ ۞ 38
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. އަދި ﷲގެ އިޛުނަފުޅާ ލައިގެންމެނުވީ، އެއްވެސް މުޢުޖިޒާއެއް ގެންނެވުމަކީ، އެއްވެސް ރަސޫލަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ މުއްދަތަކަށްމެ ކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ.
يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ وَعِندَهُۥٓ أُمُّ ٱلْكِتَٰبِ ۞ 39
ﷲ، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ. އަދި އެކަލާނގެ ޙަޟްރަތުގައި، މައިފޮތް (އެބަހީ: اللوح المحفوظ) ވެއެވެ.
وَإِن مَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ ٱلْبَلَٰغُ وَعَلَيْنَا ٱلْحِسَابُ ۞ 40
ތިމަންރަސްކަލާނގެ އެއުރެންނަށް ވަޢުދު ކުރައްވާ ބައެއް ކަންތައް ކަލޭގެފާނަށް ދައްކަވާނަމަ، ނުވަތަ (އޭގެކުރިން) ކަލޭގެފާނުގެ ފުރާނަ ހިއްޕަވާނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި ޙިސާބު ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ.
أَوَلَمْ يَرَوْا۟ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِۦ وَهُوَ سَرِيعُ ٱلْحِسَابِ ۞ 41
އަދި ތިމަންރަސްކަލާނގެ، ބިމާމެދު އިރާދަކުރައްވައި، އެ ބިމުގެ ކަންކޮޅުތަކުން އުނިކުރައްވާކަން، އެއުރެންނަށް ނޭނގޭހެއްޔެވެ؟ اللًّه، ޙުކުމް ކުރައްވަތެވެ. އެކަލާނގެ ޙުކުމަށް ބަދަލެއްގެންނާނޭ އެއްވެސް ފަރާތެއް ނުވެތެވެ. އަދި އެކަލާނގެއީ، ޙިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَقَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَلِلَّهِ ٱلْمَكْرُ جَمِيعًا يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍ وَسَيَعْلَمُ ٱلْكُفَّٰرُ لِمَنْ عُقْبَى ٱلدَّارِ ۞ 42
ހަމަކަށަވަރުން، އެއުރެންގެ ކުރީގައި އުޅުނު މީހުންވެސް، މަކަރުވެރި ރޭވުންތައް ރާވައި އުޅުނޫއެވެ. ފަހެ، ހުރިހާ ރޭވުމެއްވަނީ، ﷲއަށެވެ. ކޮންމެ ނަފްސެއް ހޯދައިގަންނަކަމެއް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އާޚިރަތުގެ ނިޢުމަތުގެ ގޮވަތި ވަނީ، ކޮންބަޔަކަށްކަން، ކާފިރުތަކުންނަށް އެނގޭހުށްޓެވެ.
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَسْتَ مُرْسَلًا قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ وَمَنْ عِندَهُۥ عِلْمُ ٱلْكِتَٰبِ ۞ 43
ކާފިރުވި މީހުން ބުނެތެވެ. ކަލޭގެފާނީ، ފޮނުއްވާފައިވާ ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކެއްކަމަށް ﷲ ފުދެތެވެ. އަދި ފޮތުގެޢިލްމު ލިބިގެންވާ މީހުންވެސްމެއެވެ.