بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ۞ 1
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފިރުންނޭވެ!
6 Ayahs · Uthmani Arabic
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ۞ 1
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފިރުންނޭވެ!
لَآ أَعْبُدُ مَا تَعْبُدُونَ ۞ 2
ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.
وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ۞ 3
އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ ﷲއަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ ۞ 4
އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ۞ 5
އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ ﷲއަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
لَكُمْ دِينُكُمْ وَلِىَ دِينِ ۞ 6
ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.