بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ الٓر تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ ۞ 1
ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) މިއީ ޙިކުމަތްތެރި ފޮތުގެ (އެބަހީ: ޤުރްއާނުގެ) އާޔަތްތަކެވެ.
109 Ayahs · Uthmani Arabic
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ الٓر تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ ۞ 1
ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) މިއީ ޙިކުމަތްތެރި ފޮތުގެ (އެބަހީ: ޤުރްއާނުގެ) އާޔަތްތަކެވެ.
أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓا۟ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ قَالَ ٱلْكَٰفِرُونَ إِنَّ هَٰذَا لَسَٰحِرٌ مُّبِينٌ ۞ 2
މީސްތަކުންނަށް އިންޛާރު ކުރެއްވުމަށާއި، އީމާން ވެއްޖެ މީސްތަކުންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އިސްކަމާއި، މަތިވެރި މަޤާމް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް، ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ފިރިހެނަކަށް، ވަޙީ އިއްވެވިކަން މީސްތަކުންނަށް ޢަޖާއިބަކަށްވީހެއްޔެވެ؟ ކާފިރުވި މީހުން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ (އެބަހީ: މުޙައްމަދުގެފާނީ) ފާޅުވެ ބަޔާން ވެގެންވާ ޖާދޫގަރެކެވެ.
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُدَبِّرُ ٱلْأَمْرَ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ أَفَلَا تَذَكَّرُونَ ۞ 3
ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ﷲއެވެ. އެކަލާނގެއީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން ޢަރްޝުގެ މައްޗަށް އެކަލާނގެ އިސްތިވާ ވެވޮޑިގެންވިއެވެ. އެކަލާނގެ (އެންމެހާ) ކަންތައްތައް މިންވަރު ކުރައްވައި ތަދްބީރު ކުރައްވަތެވެ. އެކަލާނގެ އިޛުނަފުޅަށް ފަހުގައި މެނުވީ (އެއްވެސް މީހަކަށް ޝަފާޢަތްތެރިވާނޭ) ޝަފާޢަތްތެރިޔަކު ނުވެއެވެ. އެއީ ތިޔަބައިމީހުންގެ ވެރި ﷲއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
إِلَيْهِ مَرْجِعُكُمْ جَمِيعًا وَعْدَ ٱللَّهِ حَقًّا إِنَّهُۥ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ بِٱلْقِسْطِ وَٱلَّذِينَ كَفَرُوا۟ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ ۞ 4
ތިޔަބައިމީހުން އެންމެން ރުޖޫޢަ ވުން ވަނީ، އެކަލާނގެ ޙަޟްރަތަށެވެ. (މިއީ) ﷲގެ ޙައްޤު ވަޢުދުފުޅެވެ. ހަމަކަށަވަރުން، ނެތުމުގެ ތެރެއިން ޚަލްޤުތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަ ކުރައްވަނީ، އެކަލާނގެއެވެ. (އެއީ) އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް ޢަދުލުވެރި ގޮތުން ޖަޒާ ދެއްވުމަށްޓަކައެވެ. އަދި ކާފިރުވި މީހުންނަށް އެއުރެން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ކެކިކެކި ހުންނަ ހޫނުފެނުގެ ބުއިމަކާއި، ވޭންދެނިވި ޢަޛާބު ހުށްޓެވެ.
هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ يُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَعْلَمُونَ ۞ 5
އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް މަންޒިލްތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ޙިސާބު ދެނެގަތުމަށްޓަކައެވެ. ޙައްޤު ގޮތުން މެނުވީ، ﷲ، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ އާޔަތްތައް ތަފްޞީލު ކޮށްދެއްވަތެވެ.
إِنَّ فِى ٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَـَٔايَٰتٍ لِّقَوْمٍ يَتَّقُونَ ۞ 6
ހަމަކަށަވަރުން، ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި ﷲ ހެއްދެވި (އެންމެހައި) ތަކެތީގައި، ތަޤްވާވެރިވާ ބަޔަކަށް ދަލީލުތަކެއްވާކަން ކަށަވަރެވެ.
إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَٰتِنَا غَٰفِلُونَ ۞ 7
ހަމަށަވަރުން، ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.
أُو۟لَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ ۞ 8
ހަމަށަވަރުން، ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ يَهْدِيهِمْ رَبُّهُم بِإِيمَٰنِهِمْ تَجْرِى مِن تَحْتِهِمُ ٱلْأَنْهَٰرُ فِى جَنَّٰتِ ٱلنَّعِيمِ ۞ 9
ހަމަކަށަވަރުން، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް، އެއުރެންގެ އީމާންކަމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދައްކަވާނެތެވެ. ނިޢުމަތުގެ ސުވަރުގެތަކުގައި، އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ.
دَعْوَىٰهُمْ فِيهَا سُبْحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَٰمٌ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ۞ 10
އެތާނގައި، އެއުރެންގެ ދުޢާއަކީ "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއަށް އަޅަމެން ތަސްބީޙަ ދަންނަވަމެވެ." އަދި އެތާނގައި، "އެއުރެންގެ ތަޙިއްޔަތަކީ، "ސަލާމް" އެވެ. އަދި އެއުރެންގެ ދުޢާގެ ނިންމުމަކީ، "ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲއަށެވެ.
وَلَوْ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسْتِعْجَالَهُم بِٱلْخَيْرِ لَقُضِىَ إِلَيْهِمْ أَجَلُهُمْ فَنَذَرُ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا فِى طُغْيَٰنِهِمْ يَعْمَهُونَ ۞ 11
ހެޔޮކަމާއި، ޘަވާބު އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، ﷲ އެއުރެންނަށް ނުބަޔާއި، ޢިޤާބު އަވަސްކޮށްދެއްވާނަމަ، އެއުރެންގެ އަޖަލު ޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (ޤިޔާމަތް ދުވަހުން) ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ ޙާލު، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ.
وَإِذَا مَسَّ ٱلْإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ ۞ 12
އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ވެސް ނުކުރާކަހަލައެވެ. ކާފިރުންނަށް އެއުރެން ކޮށްއުޅުނު ޢަމަލުތައް ޒީނަތްތެރި ކުރައްވާފައިވަނީ އެފަދައިންނެވެ.
وَلَقَدْ أَهْلَكْنَا ٱلْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا۟ وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ وَمَا كَانُوا۟ لِيُؤْمِنُوا۟ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ۞ 13
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ގާތަށް މުޢުޖިޒާތްތަކާއިގެން ރަސޫލުން ވަޑައިގަތުމުން، އެއުރެން އަނިޔާވެރިވީހިނދު، އެ އުއްމަތްތައް ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އެއުރެންނީ އީމާން ވާނޭ ބަޔަކު ކަމުގައި ނުވެތެވެ. ކުށްވެރިވި މީހުންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
ثُمَّ جَعَلْنَٰكُمْ خَلَٰٓئِفَ فِى ٱلْأَرْضِ مِنۢ بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ ۞ 14
ދެން އެއުރެންގެ ފަހުން ބިމުގައި ޚަލީފާއިން ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ ތިޔަބައިމީހުން ކަންތައްކުރަނީ ކޮންފަދައަކުންތޯ ބެއްލެވުމަށްޓަކައެވެ.
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَٰتٍ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَٰذَآ أَوْ بَدِّلْهُ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ ۞ 15
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާން ވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން ޤުރްއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެ ޤުރްއާނަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ، ތިމަންކަލޭގެފާނު ތަބަޢަ ވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ.
قُل لَّوْ شَآءَ ٱللَّهُ مَا تَلَوْتُهُۥ عَلَيْكُمْ وَلَآ أَدْرَىٰكُم بِهِۦ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِّن قَبْلِهِۦٓ أَفَلَا تَعْقِلُونَ ۞ 16
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެ އާޔަތްތައް ތިޔަބައިމީހުންނަށް ކިޔައެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެ އާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފަހެ، މީގެކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރު ވަންދެން) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَٰتِهِۦٓ إِنَّهُۥ لَا يُفْلِحُ ٱلْمُجْرِمُونَ ۞ 17
ﷲއާމެދު ހަދައިގެން ދޮގެއް ބުނިމީހަކަށްވުރެ، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ކުށްކުރާ މީހުން ނުދިނޭނެތެވެ.
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ ۞ 18
އެއުރެން ﷲ ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، ﷲގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް ﷲ ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރު ދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކު ކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً فَٱخْتَلَفُوا۟ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ ۞ 19
އަދި މީސްތަކުން (އެންމެފުރަތަމަ) އެއް އުއްމަތެއްކަމުގައި މެނުވީ ނުވެއެވެ. ދެން (އެއަށްފަހު) އެއުރެން ޚިލާފު ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ޖަޒާދެއްވުން ޤިޔާމަތް ދުވަހަށް ފަސްކުރެއްވުމުގެ) ބަސްފުޅެއް އިސްވެފައި ނުވާނަމަ، އެކަންތަކާ ދޭތެރޭ އެއުރެން ޚިލާފުވާ ކަންތަކާމެދު (ދުނިޔެމަތީގައި) އެއުރެންގެ މެދުގައި ނިޔާކުރެއްވީހެވެ.
وَيَقُولُونَ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ ۞ 20
އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެކަލޭގެފާނަށް މުޢުޖިޒާއެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ! ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ޣައިބުތައް ދެނެވޮޑިގަތުންވާކަން ކަށަވަރީ، ﷲއަށެވެ. ފަހެ، ތިޔަބައިމީހުން އިންތިޒާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު އިންތިޒާރު ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌ فِىٓ ءَايَاتِنَا قُلِ ٱللَّهُ أَسْرَعُ مَكْرًا إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ ۞ 21
އަދި މީސްތަކުންނަށް ތަދުމަޑު ޙާލެއް ޖެހުމަށްފަހު، އެއުރެންނަށް ތިމަންރަސްކަލާނގެ ރަޙްމަތް ލައްވައި، ތިޔާގިކަމުގެ ރަހަ ދައްކަވާހިނދު، ތިމަންރަސްކަލާނގެ އާޔަތްތައް އެއުރެން ދޮގުކޮށް މަކަރު ހަދަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ މަކަރު ރައްދުކުރެއްވުމުގައި، ﷲ އަވަސްވެވޮޑިގަތުން ބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަލާއިކަތުން ތިޔަބައިމީހުން ހަދާ މަކަރުތައް ލިޔުއްވަތެވެ.
هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ ۞ 22
އެކަލާނގެއީ، އެއްގަމާއި، ކަނޑުގައި، ތިޔަބައިމީހުން ދަތުރުކުރާގޮތް ހިންމަވައިދެއްވާ ރަސްކަލާނގެއެވެ. ދެން ތިޔަބައިމީހުން، ނަވަށް އަރައި ނަލަ ރޯޅިއަކާއެކު އެއުރެންނާއިގެން އެ ނައު ދުއްވައިގަތުމުން، އެކަމާ އެއުރެން އުފާކޮށްކޮށް ތިއްބައި، އެ ނަވަށް ޖެހުނުގަދަ ކޮޅިގަނޑަކުން ހުރިހާ ފަރާތަކުން އެއުރެންނާ ދިމާޔަށް ރާޅުތައް އައިސް އެއުރެން ހަލާކުވެދާނެހެން ހީވީމާ، އެކަލާނގެއަށް އީމާންކަން ޚާލިޞް ކުރާ ޙާލުގައި، ﷲއަށް އެއުރެން ދުޢާ ކުރެތެވެ. މިކަމުން، އިބަރަސްކަލާނގެ އަޅަމެން ސަލާމަތްކުރައްވައިފިނަމަ، ހަމަކަށަވަރުން، ޝުކުރު ކުރާ މީހުންގެ ތެރެއިން އަޅަމެން ވާހުށީމުއެވެ.
فَلَمَّآ أَنجَىٰهُمْ إِذَا هُمْ يَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ يَٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم مَّتَٰعَ ٱلْحَيَوٰةِ ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۞ 23
ދެން އެކަލާނގެ އެއުރެން ސަލާމަތްކުރެއްވި ހިނދު، އެހާރުން، ޙައްޤަކާނުލައި، އެއުރެން ބިމުގައި ފަސާދަ އުފައްދައި ދެކޮޅުވެރިވެތެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަންކަށަވަރީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.
إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَٰهَا حَصِيدًا كَأَن لَّمْ تَغْنَ بِٱلْأَمْسِ كَذَٰلِكَ نُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَتَفَكَّرُونَ ۞ 24
ދުނިޔޭގެ ދިރިއުޅުމުގެ މިޘާލު ވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިޘާލުކަމުގައެވެ. ފަހެ، އިންސާނުންނާއި، ނަޢަމް ސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ އަހުލުވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ އަމުރުފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލު ކޮށްދެއްވަނީ އެފަދައިންނެވެ.
وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ۞ 25
ﷲ ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގު ދައްކަވަތެވެ.
لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ هُمْ فِيهَا خَٰلِدُونَ ۞ 26
ހެޔޮ ޢަމަލުކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ ﷲގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭ ހުށްޓެވެ.
وَٱلَّذِينَ كَسَبُوا۟ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةٍۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ ٱلَّيْلِ مُظْلِمًا أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ هُمْ فِيهَا خَٰلِدُونَ ۞ 27
އަދި ނުބައި ޢަމަލުތައް ކުރި މީހުންނަށްހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ. އަދި އެއުރެންގެ މައްޗަށް ފެތުރިފައިވަނީ ނިކަމެތިކަމެވެ. ﷲގެ ޢަޛާބުން ރައްކާތެރިކުރާނޭ އެއްވެސް ފަރާތެއް އެއުރެންނަކަށް ނުވެއެވެ. އެއުރެންގެ މޫނުތައް، ކަޅު އަނދިރި ރޭގަނޑުން ބައެއްލައްވައި ނިވާކުރައްވާފައިވާ ކަހަލައެވެ. އެއުރެންނަކީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ.
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا۟ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ فَزَيَّلْنَا بَيْنَهُمْ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ ۞ 28
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) ދެން ޝަރީކުކުޅަ މީހުންނަށް، ތިމަންރަސްކަލާނގެ ވަޙީ ކުރައްވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ޝަރީކުކުޅަ ތަކެތި ތިބިތާނގައި ތިބޭށެވެ! ފަހެ، އެއުރެންގެ މެދުގައިވާ ގުޅުންތައް ތިމަންރަސްކަލާނގެ ވަނީ ކަނޑުއްވައި ވަކިކުރައްވާފައެވެ. އަދި އެއުރެން ޝަރީކުކުޅަ ތަކެތި ބުނާނެތެވެ. ތިޔަބައިމީހުން އަޅުކަންކޮށް އުޅުނީ ތިމަންމެންނަކަށް ނޫނެވެ.
فَكَفَىٰ بِٱللَّهِ شَهِيدًۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَٰفِلِينَ ۞ 29
ފަހެ، ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް ﷲ ފުދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުޅަ އަޅުކަމުން ތިމަންމެންވަނީ ޣާފިލު ވެގެންނެވެ.
هُنَالِكَ تَبْلُوا۟ كُلُّ نَفْسٍ مَّآ أَسْلَفَتْ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ۞ 30
އެތާނގައި ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް އިސްކުޅަ ޢަމަލެއްގެގޮތް އެނގޭނެތެވެ. އަދި އެއުރެންގެ އެހީތެރިވަންތަ، ޙައްޤުވަންތަ ﷲގެ ޙަޟްރަތަށް އެއުރެން ރައްދުކުރައްވާނެތެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައިދާނެތެވެ.
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ فَسَيَقُولُونَ ٱللَّهُ فَقُلْ أَفَلَا تَتَّقُونَ ۞ 31
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) ﷲއެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟
فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَٰلُ فَأَنَّىٰ تُصْرَفُونَ ۞ 32
ފަހެ، އެއީ ﷲއެވެ. ތިޔަބައިމީހުންގެ ވެރި، ޙައްޤުވަންތަ ރަސްކަލާނގެއެވެ. ފަހެ، ޙައްޤު ގޮތަށްފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއް ހެއްޔެވެ؟ (އެބަހީ: ޙައްޤު ގޮތުން އެއްކިބާވެއްޖެނަމަ، ދެން ދެވޭނީ ފުރެދުމުގެ ތެރެއަށެވެ.) ފަހެ، ތިޔަބައިމީހުން (ޙައްޤު ގޮތް ފިޔަވައި) އެނބުރިދަނީ، ކޮންފަދައަކުން ހެއްޔެވެ؟
كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓا۟ أَنَّهُمْ لَا يُؤْمِنُونَ ۞ 33
ފާސިޤުވި މީހުންގެ މައްޗަށް، އެއުރެން އީމާން ނުވާނެކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ހަމައެފަދައިންވަނީ ޙައްޤު ވެގެންނެވެ.
قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ فَأَنَّىٰ تُؤْفَكُونَ ۞ 34
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޝަރީކު ކުރާ ފަރާތްތަކުގެ ތެރޭގައި (ނެތުމުގެތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަ ކުރާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ނެތުމުގެތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަ ކުރައްވަނީ ﷲއެވެ. ފަހެ، ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ قُلِ ٱللَّهُ يَهْدِى لِلْحَقِّ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ فَمَا لَكُمْ كَيْفَ تَحْكُمُونَ ۞ 35
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޝަރީކު ކުރާ ފަރާތްތަކުގެ ތެރޭގައި ޙައްޤަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤަށް މަގުދައްކަވަނީ ﷲއެވެ. ފަހެ، ތަބަޢަ ވުން ޙައްޤު ކަންބޮޑީ ޙައްޤަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ތިޔަ ތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ޙުކުމް ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا إِنَّ ٱللَّهَ عَلِيمٌۢ بِمَا يَفْعَلُونَ ۞ 36
އެއުރެންކުރެ ގިނަމީހުން ހީއަކާމެނުވީ ތަބަޢައެއް ނުވެތެވެ. ހަމަކަށަވަރުން، ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން، ﷲއީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَمَا كَانَ هَٰذَا ٱلْقُرْءَانُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَٰلَمِينَ ۞ 37
ﷲ ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި ޤުރްއާން ނުވެއެވެ. އެހެނެއްކަމަކު (އެ ޤުރްއާން ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ ޙުކުމްތައް ތަފްޞީލު ކޮށްދެއްވުމަށެވެ. އެ ފޮތާމެދު ޝައްކެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުންނެވެ.
أَمْ يَقُولُونَ ٱفْتَرَىٰهُ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ ۞ 38
އަދި ކިއެއްތަ! (އެ ޤުރްއާން) އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ!
بَلْ كَذَّبُوا۟ بِمَا لَمْ يُحِيطُوا۟ بِعِلْمِهِۦ وَلَمَّا يَأْتِهِمْ تَأْوِيلُهُۥ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ ۞ 39
އަދި ކިއެއްތަ! އެ ޤުރްއާނުގައިވާ އެއްޗެއް އެއުރެންނަށް ނޭނގެނީސް، އަދި އޭގެ މާނަ އެއުރެންނާ ހަމަޔަށް ނާންނަނީސް، އެއުރެން އެ ޤުރްއާން ދޮގުކުރޫއެވެ. ހަމަ އެފަދައިން އެއުރެންގެ ކުރީގެ މީހުންވެސް (އެއުރެންގެ ރަސޫލުން) ދޮގުކުރޫއެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ގަންނަވާށެވެ!
وَمِنْهُم مَّن يُؤْمِنُ بِهِۦ وَمِنْهُم مَّن لَّا يُؤْمِنُ بِهِۦ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ ۞ 40
އެއުރެންގެ ތެރޭގައި އެ ޤުރްއާނަށް އީމާންވާ ބަޔަކުވެއެވެ. އަދި އެއުރެންގެ ތެރޭގައި އެ ޤުރްއާނަށް އީމާން ނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފަސާދަ ކުރާމީހުން އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَإِن كَذَّبُوكَ فَقُل لِّى عَمَلِى وَلَكُمْ عَمَلُكُمْ أَنتُم بَرِيٓـُٔونَ مِمَّآ أَعْمَلُ وَأَنَا۠ بَرِىٓءٌ مِّمَّا تَعْمَلُونَ ۞ 41
އަދި އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނު ކުރެއްވި ޢަމަލެކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުން ކުޅަ ޢަމަލެކެވެ. ތިމަންކަލޭގެފާނު ކުރައްވާ ޢަމަލުތަކުން، ތިޔަބައިމީހުންވަނީ، ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކުން، ތިމަންކަލޭގެފާނު ވަނީ ބަރީއަވެގެންނެވެ.
وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ أَفَأَنتَ تُسْمِعُ ٱلصُّمَّ وَلَوْ كَانُوا۟ لَا يَعْقِلُونَ ۞ 42
އަދި އެއުރެންގެ ތެރޭގައި، ކަލޭގެފާނަށް ކަނުލައިއަހާ މީހުންވެއެވެ. ފަހެ، ބީރުބަޔަކަށް، އެއުރެންނަށް ނުވިސްނޭކަމުގައިވިޔަސް، ކަލޭގެފާނު އިއްވަވަނީތޯއެވެ؟
وَمِنْهُم مَّن يَنظُرُ إِلَيْكَ أَفَأَنتَ تَهْدِى ٱلْعُمْىَ وَلَوْ كَانُوا۟ لَا يُبْصِرُونَ ۞ 43
އަދި އެއުރެންގެ ތެރޭގައި ކަލޭގެފާނަށް ބަލާމީހުންވެއެވެ. ފަހެ، ކަނުބަޔަކަށް، އެއުރެންނަށް ނުފެންނަކަމުގައިވިޔަސް، ކަލޭގެފާނު މަގުދައްކަވަނީތޯއެވެ؟
إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًٔا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ ۞ 44
ހަމަކަށަވަރުން، ﷲ، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރެތެވެ.
وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ وَمَا كَانُوا۟ مُهْتَدِينَ ۞ 45
އެކަލާނގެ އެއުރެން މަޙްޝަރަށް ފޮނުއްވާ ދުވަހު، ދުވާލުން ސާޢަތެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެއުރެން ނުތިބޭކަހަލައެވެ. އެއުރެންގެ މެދުގައި ތަޢާރަފް ވާނެތެވެ. ﷲއާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެއުރެންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
وَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ ۞ 46
އެއުރެންނަށް ތިމަންރަސްކަލާނގެ ވަޢުދު ކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެންގެ ރުޖޫޢަ ވުންވަނީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ މައްޗަށް، ﷲ ހެކިވެވޮޑިގަންނަވާނެތެވެ.
وَلِكُلِّ أُمَّةٍ رَّسُولٌ فَإِذَا جَآءَ رَسُولُهُمْ قُضِىَ بَيْنَهُم بِٱلْقِسْطِ وَهُمْ لَا يُظْلَمُونَ ۞ 47
އަދި ކޮންމެ އުއްމަތަކަށްވެސް ރަސޫލަކުވެއެވެ. ފަހެ، (ޤިޔާމަތް ދުވަހުން) އެ އުއްމަތެއްގެ ރަސޫލަކު ވަޑައިގަތުމުން، އެއުރެންގެ މެދުގައި ޢަދުލަށް ޙުކުމް ކުރައްވާނެތެވެ. އަދި އެއުރަންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ۞ 48
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ ޢަޛާބުގެ) ވަޢުދު އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
قُل لَّآ أَمْلِكُ لِنَفْسِى ضَرًّا وَلَا نَفْعًا إِلَّا مَا شَآءَ ٱللَّهُ لِكُلِّ أُمَّةٍ أَجَلٌ إِذَا جَآءَ أَجَلُهُمْ فَلَا يَسْتَـْٔخِرُونَ سَاعَةً وَلَا يَسْتَقْدِمُونَ ۞ 49
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމަކީވެސް، އަދި މަންފާއެއް ދިނުމަކީވެސް، ތިމަންކަލޭގެފާނުގެ ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. ﷲ އިރާދަކުރެއްވިކަމެއް މެނުވީއެވެ. ކޮންމެ އުއްމަތަކަށްވެސް އަޖަލެއްވެއެވެ. އެއުރެންގެ އަޖަލު އަތުވެއްޖެނަމަ، އެންމެ ސާޢަތެއްގެ އިރުވެސް އެއުރެންނަކަށް ލަހެއްނުކުރައްވާނެތެވެ. އަދި އަވަހެއްވެސް ނުމެކުރައްވާނޭމެއެވެ.
قُلْ أَرَءَيْتُمْ إِنْ أَتَىٰكُمْ عَذَابُهُۥ بَيَٰتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ ٱلْمُجْرِمُونَ ۞ 50
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް އެކަލާނގެ ޢަޛާބު، ރޭގަނޑު (ނިދާފައި ތިއްބައި) ނުވަތަ ދުވާލު (މަސައްކަތުގައި ތިއްބައި) އަޔަސް (ތިޔަބައިމީހުންނަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟) ކުށްވެރިން (ލަސްވެގެން) އަވަސްވުންއެދި އެއުޅެނީ އެ ޢަޛާބުގެ ތެރެއިން ކޮންކަމެއް ހެއްޔެވެ؟
أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓ ءَآلْـَٰٔنَ وَقَدْ كُنتُم بِهِۦ تَسْتَعْجِلُونَ ۞ 51
އެ ޢަޛާބު އައިސްޖެހުނީމާ، ދެން ތިޔަބައިމީހުން އެކަލާނގެއަށް އީމާން ވީހެއްޔެވެ؟ (އަދި އަންގަވާނެތެވެ. ތިޔަބައިމީހުން ތިޔަ އީމާން ވަނީ) މިހާރު ހެއްޔެވެ؟ ތިޔަބައިމީހުން (ފުރައްސާރައިގެ ގޮތުން) އެ ޢަޛާބު (ނައިސް ލަސްވެގެން) އަވަސްވުންއެދި އުޅުނީމުއެވެ.
ثُمَّ قِيلَ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ ۞ 52
ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެތެވެ. ދެމިހުންނަނިވި ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! ތިޔަބައިމީހުން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން މެނުވީ، ތިޔަބައިމީހުންނަށް ޖަޒާ ލިބޭހެއްޔެވެ؟
وَيَسْتَنۢبِـُٔونَكَ أَحَقٌّ هُوَ قُلْ إِى وَرَبِّىٓ إِنَّهُۥ لَحَقٌّ وَمَآ أَنتُم بِمُعْجِزِينَ ۞ 53
އެއީ، ހަމަ ޙައްޤު ތެދުތޯ ޚަބަރު ދެއްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، އެއީ، ހަމަ ޙައްޤު ތެދެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ.
وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِى ٱلْأَرْضِ لَٱفْتَدَتْ بِهِۦ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَقُضِىَ بَيْنَهُم بِٱلْقِسْطِ وَهُمْ لَا يُظْلَمُونَ ۞ 54
އަނިޔާވެރި ކޮންމެ ނަފްސަކަށް، ބިމުގައިވާހާ ތަކެތި ލިބުނުނަމަ، (ޢަޛާބުން މިންޖުވުމަށް) އެތަކެތިން ފިދުޔަ ދިނީހެވެ. އަދި އެއުރެން ޢަޛާބު ދެކޭހިނދު، ހިތާމަވެރިކަން ހިތުތެރޭގައި އިޙުސާސް ކުރާނެތެވެ. އަދި އެއުރެންގެ މެދުގައި ޢަދުލަށް ނިޔާކުރައްވާ ހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ.
أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ أَلَآ إِنَّ وَعْدَ ٱللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ۞ 55
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެތި މިލްކު ވެގެންވަނީ ﷲއަށެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
هُوَ يُحْىِۦ وَيُمِيتُ وَإِلَيْهِ تُرْجَعُونَ ۞ 56
ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ހަމަ، އެކަލާނގެ ޙަޟްރަތަށެވެ.
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ۞ 57
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.
قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ ۞ 58
ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ފަޟްލުވަންތަ ކަމާއި، އެކަލާނގެ ރަޙްމަތަށްޓަކައި (އެބަހީ: އިސްލާމް ދީނާއި ޤުރްއާނަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.
قُلْ أَرَءَيْتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَٰلًا قُلْ ءَآللَّهُ أَذِنَ لَكُمْ أَمْ عَلَى ٱللَّهِ تَفْتَرُونَ ۞ 59
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް ބާވައިލެއްވި ރިޒްޤާމެދު، ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ފަހެ، ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ޙަރާމް ތަކެއްޗަށް އަނެއްބައި ތަކެތި ޙަލާލު ތަކެއްޗަށް ހެދީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް (އެކަމަށް) އިޛުނަ ދެއްވީހެއްޔެވެ؟ އަދި ކިއެއްތަ! ﷲއާމެދު ތިޔަބައިމީހުން ހަދައިގެން ދޮގެއް ބުނަނީއެވެ.
وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَٰمَةِ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ ۞ 60
ﷲއާމެދު ހަދައިގެން ދޮގުބުނާ މީހުން، ޤިޔާމަތް ދުވަހު، ހީކުރަނީ ކީކޭހެއްޔެވެ؟ ހަމަކަށަވަރުން، ﷲއީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން ޝުކުރެއް ނުކުރެތެވެ.
وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَٰبٍ مُّبِينٍ ۞ 61
ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤުރްއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެނެއްނުވެތެވެ. ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިމެނުވީ ނުވެތެވެ.
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ۞ 62
ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ۞ 63
އެއުރެންނަކީ އީމާންވެ، ތަޤްވާވެރިވެ އުޅުނު މީހުންނެވެ.
لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ۞ 64
ދުނިޔޭގެ ޙާޔާތުގައްޔާއި، އާޚިރަތުގައި އެއުރެންނަށް އުފާވެރިކަމުގެ ޚަބަރު ހުށްޓެވެ. ﷲގެ ކަލިމަފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ.
وَلَا يَحْزُنكَ قَوْلُهُمْ إِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا هُوَ ٱلسَّمِيعُ ٱلْعَلِيمُ ۞ 65
އެއުރެންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ހުރިހާ ޢިއްޒަތެއް މިލްކު ވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
أَلَآ إِنَّ لِلَّهِ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ۞ 66
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކުގައިވާހާ ބަޔަކާއި، ބިމުގައިވާހާ ބަޔެއް މިލްކު ވެގެންވަނީ، ﷲއަށެވެ. ﷲ ނޫންފަރާތަކަށް، އަޅުކަންކުރާ މީހުން (ޙަޤީޤަތުގައި) ޝަރީކުންނަކާ ތަބަޢައެއް ނުވެތެވެ. އެއުރެން އެ ތަބަޢަ ވަނީ، ހީއަކަށް ކަމުގައިނޫނީ ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ އެއުރެން ނުވެތެވެ.
هُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَسْمَعُونَ ۞ 67
އެކަލާނގެއީ، ތިޔަބައިމީހުން (އަރާމުކޮށް) ހަމަހިމޭންވުމަށް ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަންތައްތަކުގައި، އަޑުއަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا سُبْحَٰنَهُۥ هُوَ ٱلْغَنِىُّ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ إِنْ عِندَكُم مِّن سُلْطَٰنٍۭ بِهَٰذَآ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ ۞ 68
ﷲ ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކުގައިވާހާ ތަކެއްޗާއި ބިމުގައިވާހާ ތަކެތި މިލްކު ވެގެންވަނީ އެކަލާނގެއަށެވެ. ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް ދަލީލެއް ނެތެވެ. ތިޔަބައިމީހުންނަށް، އެނގިގެންނުވާ އެއްޗެއް ﷲއާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
قُلْ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ ۞ 69
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ﷲއާމެދު ހަދައިގެން ދޮގުބުނާ މީހުން ނުދިނޭނެތެވެ.
مَتَٰعٌ فِى ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ ٱلْعَذَابَ ٱلشَّدِيدَ بِمَا كَانُوا۟ يَكْفُرُونَ ۞ 70
ދުނިޔޭގައި (ލިބޭ) ވަގުތީ އުފަލެކެވެ. ދެން އެއުރެން ރުޖޫޢަ ވުން ވަނީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ދެން އެއުރެން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ގަދަފަދަވެގެންވާ ޢަޛާބުގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދައްކަވާހުށީމެވެ.
وَٱتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِۦ يَٰقَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِى وَتَذْكِيرِى بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ فَأَجْمِعُوٓا۟ أَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ ٱقْضُوٓا۟ إِلَىَّ وَلَا تُنظِرُونِ ۞ 71
ނޫޙުގެފާނުގެ ވާހަކަ އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވި ހިނދުގައެވެ. އޭ ތިމަންކަލޭގެފާނުގެ ޤައުމުގެމީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނެވުމާއި، ﷲގެ އާޔަތްތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދާންކޮށް ދެއްވުން، ތިޔަބައިމީހުންގެ މައްޗަށް ބޮޑުކަމަކަށް ވެއްޖެނަމަ، ފަހެ، ތިމަންކަލޭގެފާނު، ﷲއަށް ވަކީލު ކުރައްވައިފީމެވެ. ދެން ތިޔަބައިމީހުންގެ ބައިވެރިންނާއެކު، ތިޔަބައިމީހުންގެ ކަންތަކާމެދު އެއްބަސްވާށެވެ! ދެން ތިޔަބައިމީހުންގެ ކަންތައް (ނިންމިގޮތް) ތިޔަބައިމީހުންނަށް އޮޅޭގޮތެއްގައި، ވަންހަނާވެފައި އޮވެގެނެއް ނުވާނެއެވެ. ދެން ތިޔަބައިމީހުން ނިންމިގޮތް، ތިމަންކަލޭގެފާނުގެ މައްޗަށް ހިންގާށެވެ! އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުހުލަތް ނުދޭށެވެ!
فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ ۞ 72
ފަހެ، ތިޔަބައިމީހުން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުންގެ ކިބަޔަކުން އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، ﷲގެ ޙަޟްރަތުގައި މެނުވީ ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު މުސްލިމުންގެ ތެރެއިން ވުމަށެވެ.
فَكَذَّبُوهُ فَنَجَّيْنَٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ وَجَعَلْنَٰهُمْ خَلَٰٓئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُنذَرِينَ ۞ 73
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުން ޣަރަޤު ކުރެއްވީމެވެ. ފަހެ، އިންޛާރު ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
ثُمَّ بَعَثْنَا مِنۢ بَعْدِهِۦ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ بِهِۦ مِن قَبْلُ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ ٱلْمُعْتَدِينَ ۞ 74
ދެން އެކަލޭގެފާނަށް ފަހުގައި ތިމަންރަސްކަލާނގެ ރަސޫލުންތަކެއް އެބޭކަލުންގެ ޤައުމުގެމީހުންގެ ގާތަށް ފޮނުއްވީމެވެ. ފަހެ، ބަޔާން ވެގެންވާ ހެކިތައް އެއުރެންނަށް އެބޭކަލުން ގެނެސްދެއްވޫއެވެ. (ނަމަވެސް) ކުރިން އެއުރެން ދޮގުކުރި ކަންތަކަށް އީމާންވާ ބަޔަކު ކަމުގައި އެއުރެން ނުވިއެވެ. ހަމައެފަދައިން ދެކޮޅުވެރިވެ ހައްދުފަހަނަޅައިދާ މީހުންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ ސިއްކަގައްސަވާހުށީމެވެ.
ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ بِـَٔايَٰتِنَا فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ ۞ 75
ދެން އެބޭކަލުންނަށް ފަހުގައި، ފިރްޢައުނާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަންރަސްކަލާނގެ އާޔަތްތަކާއިގެން މޫސާގެފާނާއި، ހާރޫނުގެފާނު ފޮނުއްވީމެވެ. ދެން އެއުރެން ކިބުރުވެރިވެގަތޫއެވެ. އަދި ކުށްވެރި ބަޔަކު ކަމުގައި އެއުރެންވިއެވެ.
فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوٓا۟ إِنَّ هَٰذَا لَسِحْرٌ مُّبِينٌ ۞ 76
ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން އެއުރެންގެ ގާތަށް ޙައްޤު އައުމުން، އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ބަޔާންވެގެންވާ ޖާދޫއެއްކަން ކަށަވަރެވެ.
قَالَ مُوسَىٰٓ أَتَقُولُونَ لِلْحَقِّ لَمَّا جَآءَكُمْ أَسِحْرٌ هَٰذَا وَلَا يُفْلِحُ ٱلسَّٰحِرُونَ ۞ 77
މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގާތަށް ޙައްޤު އައިހިނދު، އެ ޙައްޤަށް މިއީ ޖާދޫއެއްހޭ ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ އަދި ޖާދޫހަދާ މީހުން ނުދިނޭހުށްޓެވެ.
قَالُوٓا۟ أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلْكِبْرِيَآءُ فِى ٱلْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ ۞ 78
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ ކާބަފައިން އުޅޭތީ ތިމަންމެންނަށް ފެނުނުގޮތުން ތިމަންމެން އެއްކިބާކުރައްވައި ތިޔަ ދެބޭކަލުންނަށް ބިމުގައި ވެރިކަން ހޯއްދެވުމަށްތޯއެވެ؟ ތިޔަ ދެބޭކަލުންނަށް އީމާންވާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
وَقَالَ فِرْعَوْنُ ٱئْتُونِى بِكُلِّ سَٰحِرٍ عَلِيمٍ ۞ 79
ފިރްޢައުނު ބުންޏެވެ. މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ތިމަންގެ ގާތަށް ގެނެސްދޭށެވެ!
فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ۞ 80
ފަހެ، އެ ޖާދޫގަރުން އައިހިނދު އެއުރެންނަށް މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ!
فَلَمَّآ أَلْقَوْا۟ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ إِنَّ ٱللَّهَ سَيُبْطِلُهُۥٓ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ ۞ 81
ފަހެ، އެއުރެން (އެތަކެތި) އުކިހިނދު، މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ޖާދޫއެވެ. ހަމަކަށަވަރުން، ﷲ، އެ ޖާދޫ ބާޠިލު ކުރައްވާނެތެވެ. ހަމަކަށަވަރުން، ފަސާދަ ކުރާ މީހުންގެ ޢަމަލު، ﷲ އިޞްލާޙެއް ނުކުރައްވާހުށްޓެވެ.
وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَٰتِهِۦ وَلَوْ كَرِهَ ٱلْمُجْرِمُونَ ۞ 82
އަދި ކުށްވެރިން ނުރުހުނަސް، ﷲ އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވައި ފާޅުކުރައްވާނެތެވެ.
فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٌ مِّن قَوْمِهِۦ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَإِي۟هِمْ أَن يَفْتِنَهُمْ وَإِنَّ فِرْعَوْنَ لَعَالٍ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ ۞ 83
ފަހެ، މޫސާގެފާނަށް އެކަލޭގެފާނުގެ ޤައުމުގެ ބައެއް ދަރިކޮޅު މެނުވީ އީމާނެއް ނުވެތެވެ. (އެއީ) ފިރްޢައުނާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، ދީނުން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، ފިރްޢައުނަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި ފަސާދަވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ.
وَقَالَ مُوسَىٰ يَٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ ۞ 84
އަދި މޫސާގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނެވެ! ތިޔަބައިމީހުން ﷲއަށް އީމާން ވެގެންވާނަމަ، ފަހެ، އެކަލާނގެއަށް ވަކީލު ކުރާށެވެ! ތިޔަބައިމީހުންނީ މުސްލިމުން ކަމުގައި ވާނަމައެވެ.
فَقَالُوا۟ عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ ٱلظَّٰلِمِينَ ۞ 85
ފަހެ، އެއުރެން ދެންނެވޫއެވެ. ﷲއަށް އަޅަމެން ވަކީލު ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ!
وَنَجِّنَا بِرَحْمَتِكَ مِنَ ٱلْقَوْمِ ٱلْكَٰفِرِينَ ۞ 86
އަދި ކާފިރުވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ ރަޙްމަތްފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!
وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًا وَٱجْعَلُوا۟ بُيُوتَكُمْ قِبْلَةً وَأَقِيمُوا۟ ٱلصَّلَوٰةَ وَبَشِّرِ ٱلْمُؤْمِنِينَ ۞ 87
ތިމަންރަސްކަލާނގެ މޫސާގެފާނާއި، އެކަލޭގެފާނުގެ އަޚު (ހާރޫނުގެފާނު) އަށް ވަޙީ ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ ޤައުމުގެމީހުންނަށް މިޞްރުގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، ޤިބްލައަށް ބަހައްޓައި، ނަމާދު ޤާއިމް ކުރާށެވެ! އަދި ކަލޭގެފާނު މުއުމިނުތަކުންނަށް (ނަޞްރު ލިބޭނެކަމުގެ) އުފާވެރި ޚަބަރު ދެއްވާށެވެ!
وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيْتَ فِرْعَوْنَ وَمَلَأَهُۥ زِينَةً وَأَمْوَٰلًا فِى ٱلْحَيَوٰةِ ٱلدُّنْيَا رَبَّنَا لِيُضِلُّوا۟ عَن سَبِيلِكَ رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا۟ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ ۞ 88
މޫސާގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ފިރްޢައުނަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި ޢަޛާބު ފެނިއްޖައުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެތެވެ.
قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَٱسْتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعْلَمُونَ ۞ 89
އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ ދުޢާ އިޖާބަކުރައްވައިފީމެވެ. ފަހެ، ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ! ނުދަންނަ މީހުންގެ މަގަށް ތިޔަ ދެބޭކަލުން ތަބަޢަ ވެވަޑައި ނުގަންނަވާހުށިކަމެވެ!
وَجَٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًا وَعَدْوًا حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ ۞ 90
ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިން ގެންދެވީމެވެ. ފަހެ، ފިރްޢައުނާއި، އޭނާގެ ލަޝްކަރު ދެކޮޅުވެރިކަމާއި، ޢަދާވަތްތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ ފިރްޢައުނު، ޣަރަޤު ވީހިނދު އޭނާ ބުންޏެވެ. އިސްރާއީލުގެދަރިން އީމާން ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން އީމާން ވެއްޖައީމެވެ. އަދި އަހުރެން ވަނީ މުސްލިމުންގެ ތެރެއިންނެވެ.
ءَآلْـَٰٔنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ ۞ 91
(އެވަގުތު ފިރްޢައުނަށް އެންގެވިއެވެ. ކަލޭ ތިޔަ އީމާން ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ.
فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةً وَإِنَّ كَثِيرًا مِّنَ ٱلنَّاسِ عَنْ ءَايَٰتِنَا لَغَٰفِلُونَ ۞ 92
ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، ޢިބްރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ ޤުދުރަތްތެރިކަމުގެ މައްޗަށް ދަލީލު ކުރާ ހެކިތަކާމެދު) ޣާފިލު ވެގެންކަން ކަށަވަރެވެ.
وَلَقَدْ بَوَّأْنَا بَنِىٓ إِسْرَٰٓءِيلَ مُبَوَّأَ صِدْقٍ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخْتَلَفُوا۟ حَتَّىٰ جَآءَهُمُ ٱلْعِلْمُ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ۞ 93
ހަމަކަށަވަރުން، އިސްރާއީލުގެދަރިންނަށް ރަނގަޅު މޮޅު މަންޒިލެއް (އެބަހީ: މިޞްރާއި ޝާމް) ތިމަންރަސްކަލާނގެ ދެއްކެވީމެވެ. އަދި ރަނގަޅު ތަކެތިން، ތިމަންރަސްކަލާނގެ އެއުރެންނަށް ރިޒްޤު ދެއްވީމެވެ. ދެން އެއުރެންނާ ހަމަޔަށް ޢިލްމު އަތުވެއްޖެއުމަށް ދާނދެން، އެއުރެން ޚިލާފެއް ނުވެތެވެ. ހަމަކަށަވަރުން، އެއުރެން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޤިޔާމަތް ދުވަހުން އެއުރެންގެ މެދުގައި ނިޔާކުރައްވާނެތެވެ.
فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَٰبَ مِن قَبْلِكَ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ۞ 94
ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު، ކަލޭގެފާނު ޝައްކެއްގައިވާނަމަ، ކަލޭގެފާނުގެ ކުރިން ފޮތްކިޔައިއުޅުނު މީހުންނާ ސުއާލު ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ޙައްޤު ތެދު އަތުވެއްޖެއެވެ. ފަހެ، ޝައްކު ކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައި ނުގަންނަވާ ހުށިކަމެވެ!
وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ فَتَكُونَ مِنَ ٱلْخَٰسِرِينَ ۞ 95
އަދި ﷲގެ އާޔަތްތައް ދޮގުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާހުށިކަމެވެ! ފަހެ، އޭރުން ކަލޭގެފާނު ވާހުށީ، ގެއްލި ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.
إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ ۞ 96
ހަމަކަށަވަރުން، އެއުރެންގެ މައްޗަށް (ޢަޛާބު ހުރިކަމަށް) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ޙައްޤު ވެގެންވާ މީހުން، އެއުރެންގެ ގާތަށް ކޮންމެ އާޔަތެއް އަޔަސް، އެއުރެންނަށް ވޭންދެނިވި ޢަޛާބު ފެނިއްޖައުމަށް ދާނދެން، އީމާނެއް ނުވާނެތެވެ.
وَلَوْ جَآءَتْهُمْ كُلُّ ءَايَةٍ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ ۞ 97
ހަމަކަށަވަރުން، އެއުރެންގެ މައްޗަށް (ޢަޛާބު ހުރިކަމަށް) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ޙައްޤު ވެގެންވާ މީހުން، އެއުރެންގެ ގާތަށް ކޮންމެ އާޔަތެއް އަޔަސް، އެއުރެންނަށް ވޭންދެނިވި ޢަޛާބު ފެނިއްޖައުމަށް ދާނދެން، އީމާނެއް ނުވާނެތެވެ.
فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُوا۟ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَٰهُمْ إِلَىٰ حِينٍ ۞ 98
ފަހެ، ރަށެއްގެ މީހުން، އެއުރެންގެ އީމާންކަމުން މަންފާކުރާނޭ ގޮތުގައި، އީމާން ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، ޔޫނުސުގެފާނުގެ ޤައުމުގެމީހުން އީމާން ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ ޙާޔާތުގައި ނިކަމެތިކަމުގެ ޢަޛާބު ދުރުކުރެއްވީމެވެ. އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.
وَلَوْ شَآءَ رَبُّكَ لَـَٔامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُوا۟ مُؤْمِنِينَ ۞ 99
ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން އީމާން ވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން މުއުމިނުން ކަމުގައިވުމަށް މަޖުބޫރު ކުރައްވަނީތޯއެވެ؟
وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ ٱللَّهِ وَيَجْعَلُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يَعْقِلُونَ ۞ 100
އަދި ﷲގެ އިޛުނަފުޅަށް މެނުވީ، އީމާން ވުމެއް އެއްވެސް ނަފްސަކަށް ނެތެވެ. އަދި ނުވިސްނާ މީހުންނަށް، އެކަލާނގެ ޢަޛާބު ދެއްވާހުށްޓެވެ.
قُلِ ٱنظُرُوا۟ مَاذَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا تُغْنِى ٱلْـَٔايَٰتُ وَٱلنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ ۞ 101
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާން ނުވާ ބަޔަކަށް އާޔަތްތަކުންނާއި، އިންޛާރު ކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ.
فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ ٱلَّذِينَ خَلَوْا۟ مِن قَبْلِهِمْ قُلْ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ ۞ 102
ފަހެ، އެއުރެންގެ ކުރިން އިސްވެދިޔަ އުއްމަތްތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން އިންތިޒާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް، ތިޔަބައިމީހުންނާއެކު އިންތިޒާރު ކުރާ މީހުންގެ ތެރެއިންވަމެވެ.
ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ ۞ 103
ދެން ތިމަންރަސްކަލާނގެ ރަސޫލުންނާއި، އީމާންވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، މުއުމިނުން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް ޙައްޤެކެވެ.
قُلْ يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّ مِّن دِينِى فَلَآ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ وَلَٰكِنْ أَعْبُدُ ٱللَّهَ ٱلَّذِى يَتَوَفَّىٰكُمْ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُؤْمِنِينَ ۞ 104
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދީނާމެދު ޝައްކެއްގައި ވާނަމަވެސް، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާހުށީ، ﷲއަށެވެ. އެކަލާނގެއީ، ތިޔަބައިމީހުން މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ، މުއުމިނުންގެ ތެރެއިން ވުމަށެވެ.
وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ ۞ 105
އަދި ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތިކުރައްވާށެވެ! އަދި ކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައި ނުގަންނަވާހުށިކަމެވެ!
وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّٰلِمِينَ ۞ 106
އަދި ﷲ ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ۞ 107
އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ފަޟްލުވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ ފަޟްލުވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
قُلْ يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ ۞ 108
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުންގެ ގާތަށް ޙައްޤު އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް ޙަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.
وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ وَهُوَ خَيْرُ ٱلْحَٰكِمِينَ ۞ 109
އަދި ކަލޭގެފާނަށް ވަޙީ ކުރައްވާ އެއްޗަކަށް، ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! އަދި (އެއުރެންނާމެދު) ﷲ ޙުކުމް ކުރައްވައިފުމަށް ދާނދެން (ދީނަށް ގޮވައިލެއްވުމުގައި) ކެތްކުރައްވައިގެން ހުންނަވާށެވެ! އެކަލާނގެއީ، ޙުކުމް ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.